ކުޅިވަރު

ޓޯކްޔޯ އޮލީމްޕިކްސް އަނެއްކާވެސް ފަސްކުރަން ޖެހިދާނެ އިޝާރާތެއް ޖަޕާނުން ދީފި


ކޯވިޑް-19 އާއި ގުޅިގެން އަންނަ އަހަރަށް ފަސްކޮށްފައިވާ ޓޯކްޔޯ އޮލިންޕިކް ގޭމްސް އަނެއްކާވެސް ފަސްކުރަން ޖެހިދާނެކަމުގެ އިޝާރާތެއް ޖަޕާނުން ދީފިއެވެ.

ޖަޕާނުގައި މިއަހަރު ބާއްވަން އޮތް މުބާރާތް އަންނަ އަހަރަށް ފަސްކުރީ، ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުޅިވަރު މުޅިން ހުއްޓުމަކަށް އައިސް، ގޭމްސްގައި ވާދަކުރާ ގިނަ ގައުމުތަކަކުން އަންނަ އަހަރަށް ގޭމްސް ފަސްކުރަން ޑިމާންޑުކުރުމުންނެވެ. އެގޮތުން އިންޓަނޭޝަނަލް އޮލީމްޕިކް ކޮމިޓީން ނިންމީ އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ގޭމްސް ބާއްވާށެވެ.

ނަމަވެސް ޖަޕާނުގައި އަނެއްކާވެސް ކޯވިޑް-19 ހަލުވިކަމާއިކު ފެތުރެންފެށުމާއިއެކު ގޭމްސް އަލުން ފަސްކުރަން ޖެހިދާނެކަމުގެ އިޝާރާތެއް އެގައުމުން މިހާރު ވަނީ ދީފައެވެ. ޓޯކްޔޯ އޮލީމްޕިކްސްގެ ސްޕޯކްސް ޕާސަން މާސާ ޓަކާޔާ ވިދާޅުވީ ޖަޕާނުގައި އަނެއްކާވެސް ކޯވިޑް-19 ހަލުވިކަމާއިއެކު ފެތުރެން ފެށުމާއިއެކު އަންނަ އަހަރުގައި ގޭމްސް ބާއްވަން ބުނެފައިވާ ތާރީޚުގައި ގޭމްސް ބޭއްވިދާނެކަމަށް 77 އިންސައްތަ ރެސްޕޮންޑެންޓުން ގަބޫލު ނުކުރާކަމަށެވެ. ނަމަވެސް މިކަމަށް ގޮތެއް ނިންމާނީ އަންނަ ހަފްތާގައި އޮންނަ އިންޓަނޭޝަނަލް އޮލީމްޕިކް ކޮމިޓީގެ ބައްދަލުވުމުގައެވެ.

ޖަޕާނުގައި މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ ދިވެހެކެވެ. އެގޮތުން އެދުވަހު އެކަނިވެސް 224 މީހުން ވަނީ ކޯވިޑް-19 އަށް ޕޮސިޓިވް ވެފައެވެ. އަދި މިހާތަނަށް އެގައުމުން ކޯވިޑް-19 ޖެހިގެން އެއްހާހަށްވުރެ ގިން މީހުންވަނީ މަރުވެފައެވެ.