ކުޅިވަރު

ތިނަދޫ ދަނޑުގައި، ފަރެސްމާތޮޑާ ތިނަދޫ ބަލިކޮށްފި


ތިނަދޫގެ ދަނޑުގައި ތިނަދޫގެ މައްޗަށް ފަރެސްމާތޮޑާ ފުރަތަމަ މޮޅު ހޯދައިފިއެވެ. މިނިވަން ފަންސާސް ޗެމްޕިއަންޝޕްގައި ގދ.އަތޮޅުގެ ދެވަނަ މެޗުގައި އިއްޔެ ތިނަދޫގެ މައްޗަށް ފަރެސްމާތޮޑާ ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ. މިއަތޮޅުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު މަޑަވެލި ވަނީ ހޯޑެއްދޫގެ މައްޗަށް ކުރި ހޯދާފައެވެ. އަމިއްލަ ރަށުގައި ކުޅެ، މަޑަވެލި މެޗު ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. މ.އަތޮޅުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ވޭވަށެވެ. އެއީ މުލީގައި މުއްޔާއި ވާދަކޮށް އެކެއް ސުމަކުން ކުރި ހޯދައިގެންނެވެ. މިއަތޮޅުގެ ދެވަނަ މެޗު އިއްޔެ މުލަކު ކާމިޔާބުކުރީ ދިއްގަރާއި ވާދަކޮށް ހަތަރު ލަނޑު އެއް ލަނޑުންނެވެ. މިމެޗު ކުޅުނީ މުލީގައެވެ. އެއީ ދިއްގަރުގެ ހޯމް ދަނޑުގެ ގޮތުގައި މުލީ ދަނޑު ކަނޑައަޅާފައިވާތީއެވެ.ނ.އަތޮޅުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ކެނދިކުޅުދޫއެވެ. އެއަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ޅޮއްސާއި ވާދަކޮށް ކެނދިކުޅުދޫ މެޗު ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުންނެވެ. މިމެޗު ކުޅުނީ ކެނދިކުޅުދޫގައެވެ.