ވިޔަފާރި

ބީއެމްއެލުން މާމިގިލީގައި އޭޓީއެމްގެ ޙިދުމަތް ދޭން ފަށައިފި


ބޭންކް އޮފް މޯލްޑިވްސްއިން އދ. މާމިގިލީގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ހުޅުވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ބުނީ މިއީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އެ ބެންކުގެ ޙިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއްކަމަށެވެ. މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކޮށް މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން 4 ރަށެއްގައި އޭޓީއެމް ސެންޓަރެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަން މިދިޔަ މަސްތެރޭ ވަނީ ހާމަކޮށްފައެވެ. މި 4 ރަށުގެ ތެރޭގައި ހިމެނެނީ ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށްޓެވެ. ވަރަށް އަވަހަށް މި ރަށްތަކުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ފަށާނެކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން މިހާރުވެސް އަންނަނީ 56 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 119 އޭޓީއެމް ސެންޓަރުގެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިންގަމުންނެވެ.