އެތުލެޓިކްސް

ބޯލްޓާއެކު ދުވެ ރާއްޖޭގެ ހަސަން ސާއިދު ޤައުމީ ރެކޯޑް އާކޮށްފި


ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފުރަތަމަ ބުރުގައި ޖެމެއިކާގެ
އުސެއިން ބޯލްޓާ، އެއް ހީޓެއްގައި ދުވެ ރާއްޖޭގެ ހަސަން ސާއިދު 100 މީޓަރު ދުވުމުގެ ޤައުމީ ރެކޯޑް
އާކޮށްފިއެވެ.

 ދުނިިޔޭގެ އެންމެ ބާރު ދުވުންތެރިިިިޔާ ޖެމެއިިކާގެ އުސެއިން ބޯލްޓާ އެއް
ހީީީީީީީީީޓެއްގައިި ދުވެ، ސާއިިިިދު ގައުމީީީީ ރެކޯޑް އާކޮށްފައިިވަނީީ އަށް ސިކުންތުގެ ކުރިއެރުމެއް
ހޯދައިގެންނެވެ. ސާއިދު މިއަދު ރޭސް ނިންމާފައިވަނީ 10:42 ސިކުންތުންނެވެ. ކުރިން ސާއިދު
މިރޭސް ނިންމާފައިވަނީ 10:50 ސިކުންތުންނެވެ. މިއީ މިހާތަނަށް ސާއިދު ސަތޭކަ މީޓަރ ދުވުން އެންމެ ބާރަށް ނިންމި ފަހަރެވެ.

 ޗައިނާގެ ބެއިިޖިިންގައި ކުރިއަށްދާ
މިމުބާރާތުގެ ހަތްވަނަ ހީޓުގައި ވާދަކޮށް ސާއިދު ހަތް ވަނަ އަށް ރޭސް ނިންމިއިރު މިރޭހުން
އެއްވަނަ ހޯދީ 100 މީޓަރު ދުވުމުން ދުނިޔޭގެ ރެކޯޑް ދެ ފަހަރު މުގުރާލާފައިވާ
ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ބޯލްޓްއެވެ. 

ވަރލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ ޕްރިލިމަނަރީ ބުރު މިއަދު ހެނދުނު ސާއިދު ނިންމާފައިވަނީ ދެވަނައިގައެވެ.