ޚަބަރު

ކޯވިޑްގެ ދެވަނަ ރާޅާއެކު މިރެއިން ފެށިގެން މެލްބަން އަނެއްކާވެސް ލޮކްޑައުނަށް


އޮސްޓްރޭލިއާއިން ކޯވިޑްގެ ކޭސްތައް އަނެއްކާވެސް ފެންނަ ފެށުމުން މެލްބަން އަނެއްކާވެސް މިރެއިން ފެށިގެން ލޮކްޑައުން ކުރަން ނިންމައިފިއެވެ.

ދެވަނަ ރާޅެއްގެ ކޭސްތައް ފެންނަން ފެށުމުން މެލްބަން މީރ އެތަނުގެ ގަޑިން 12 ފެށިގެން އަނެއްކާވެސް 6 ހަފްތާއަށް ލޮކްޑައުން ކުރާނެއެވެ. 5 މިލިއަން މީހުންގެ އަދާބީއެއް އޮންނަ މެލްބަން ލޮކްޑައުނަށް ދާ ދެވަނަ ފަހަރުއެވެ.

ލޮކްޑައުންގެ މުއްދަތުގައި ގެއިން ބޭރަށް ނުކުމެވޭނީ ކޮންމެހެން ނުކުންނަށް ޒަރޫރީ ބޭނުންތަކަށް އެކަންޏެވެ. މީގެތެރޭގައި ވިޔަފާރިކުރުމާއި ކަސްރަތު ކުރުން ހިމެނެއެވެ. ސަރުކާރުގެ މި ނިންމުމާއި އެކު މިއަދު ވަނީ ސުޕަރމާކެޓްތައް ވަނީ ތޮއްޖެހިފައެވެ.

ދެވަނަ ފަހަރަކަށް ލޮކްޑައުނަކަށް ދާންޖެހުމުން ބައެއް މީހުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް ވިޔަފާރި ކުރާ ފަރާތްތަކުން އެމީހުންނަށް ލިބެމުންދާ ގެއްލުންތައް އަންނަނީ ފާހަގަކުރަމުންނެވެ.

މެލްބަން އިން އިއްޔެ އެކަނިވެސް 191 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިއަދާއި ހަމަޢަށް 860 ވުރެ ގިނަ ކޭސްތައް ވަނީ ފެނިފައެވެ.