ޚަބަރު

ޢަބްދުﷲ ހަމީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލައިފި


ރައްޔިތުންގެ މަޖިލީހުގެ
ކުރީގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ
މަޖިލީހުގައި ތަޢުޒިޔާގެ ދަފްތަރެއް މިއަދު ހުޅުވާލައިފިއެވެ. މިއަދު ހެނދުނު
ދިހައަކުން ހަވީރު ފަހެއް ޖަހަންދެން މި ދަފްތަރުގައި ކޮންމެ ބޭފުޅަކަށްވެސް
ތަޢުޒިޔާގެ މެސެޖް ލިއުމުގެ ފުރުޞަތު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ
އިދާރާއިން މަޢުލުމާތުދެއެވެ. 

އަދި މާދަމާވެސް ހަމަ އެ ގަޑީގައި މި ދަފްތަރު
ހުޅުވާލާފައި އޮންނާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ. މަރުޙޫމް ޢަބްދުﷲ
ޙަމީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ތޭރަ އަހަރު ކުރައްވާފައިވާ
ބޭފުޅެއް. އަދި އެކި ދާއިރާގެ މެމްބަރުކަން ސާޅީސް ތިން އަހަރަށްވުރެ ގިނަ ދުވަހު
ކުރައްވާފައިވެއެވެ.