ޚަބަރު

ޓޫރިޒަމް މިނިސްޓަރ ޢަލީވަޙީދު އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި


ޓޫރިޒަމް މިނިސްޓަރ ޢަލީވަޙީދު އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފިއެވެ.

މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދުވަނީ ޓުވީޓުކުރައްވައި މިކަން ޔަޤީންކޮށްދެއްވާފައެވެ. އެޓްވިޓުގައިވަނީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީއަށް ހުހަޅާފައިކަމަށެވެ. އަދި މިކަމާ ގުޅިގެން މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފައިކަމަށްވެސް ހޫދުވަނީ ވިދާޅުވެފައެވެ.

މިމައްސަލައާ ގުޅިގެން ޖެންޑަރ މިނިސްޓްރީން އަދި ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ. އަދި ކަމާބެހޭ އެހެން މުއައްސަސާއަކުންވެސް ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.

މިނިސްޓަރ އަލީ ވަޙީދާ ގުޅޭ މިބާވަތުގެ މައްސަލައެއް މީގެ ދުވަސްކޮޅެއް ކުރިންވެސް ވަނީ މީޑިއާއަށް ފެންމަތިވެފައެވެ. އެއީ
ޓުވިޓާގައި މީހަކު ޢާއްމުކުރި އޯޑިއޯ ކްލިޕްތަކުގައި މިނިސްޓަރ ޢަލީވަޙީދު ކަމަށް ބެލެވޭ މީހަކު ހަޑިހުތުރު ބަހުން ބަދުއަޚްލާޤީ ވާހަކަތަކެއް ދައްކަވާ މައްސަލައެވެ. މިއޯޑިއޯގައި ޢަލީވަޙީދުކަމަށް ބެލެވޭ މީހާ ނަހަމަގޮތުގައި ޖިންސީގުޅުން ހިންގާ ވާހަކައާއި ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއާ ބެހޭގޮތުން ބޭއަދަބީ ބަހުން ވާހަކަދައްކަވާފައިވެއެވެ. މިމައްސަލާގައި މިހާތަނަށް ރަސްމީ އިދާރާއަކުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޢަލީވަޙީދަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އިސްތިއުފާދެއްވަން ރައީސް އެންގެވިއިރު، މިއީ މިބާވަތުގެ މައްސަލައެއްގައި ރާއްޖޭގައި ވަޒީރަކު އިސްތިއުފާދެއްވަން ރައީސުލްޖުމްހޫރިއްޔާ އެންގެވި ފުރަތަމަ ފަހަރުކަމަށް މަޢުލޫމާތު ލިބެއެވެ.

ޖިންސީ ފުރައްސާރައާއި ކުޑަކުދިންނަށްކުރާ ޖިންސީ އަނިޔާގެ މައްސަލަތަކުގައި ސަރުކާރުން ގެންގުޅުއްވަނީ "ޒީރޯ ޓޮލަރެންސް"ކަމަށް ސަރުކާރުންވަނީ ކުރިންވެސް ޙާމަކުރައްވާފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިނގާ ޖިންސީ އަނިޔާގެ މައްސަލަތަކުގެ އަޑުވަނީ ގަދަވެފައެވެ. އަދި މިފަދަ މައްސަލަތައް ޚާއްސަ އިސްކަމެއްދީގެން ތަހްޤީޤުކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދަވައެވެ.

މިވަނީ ކިއްބާ!

ޝުކުރިއްޔާ އިބޫސާލިހް ތީހަމަ އެއްވަނަގެ ރައިސް