މަހަށް ނިކުމެ އުޅުނު ދޯންޏެއް ބިންދައިގެން ގޮސްގެން އެމްއެންޑީއެފުން އެހީތެރިވާން ފަށައިފިއެވެ.
13 މީހުންނާއި އެކު މަހަށް ނުކުމެ އުޅުނު މި ދޯނި ބިންދައިގެން ދިޔަ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ވޭމަންޑޫގެ " ދިރުން 4" ނަމަކަށް ކިޔާ މި ދޯނި ބިންދައިގެން ގޮސްފައިވަނީ ތ ކިނބިދޫގެ ހުޅަނަގު ދެކުނުން 4 މޭލު ބޭރުގައި އޮއްވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
91 ފޫޓްގެ މި ދޯނީގެ ވެރިފަރާތުން އެ ދޯނި ކަފު ޖަހާނެ އުޅަނދެއް ހަމަޖެއްސުުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ސެންޓަރލް އޭރިއާގެ ކޯސްޓްގާޑެއް ހަރަކާތެރިވަމުން އަންނަކަމަށްވެސް އެމްއެމްޑީއެފުން ވިދާޅުވެއެވެ.
މި ދޯނީގައި ތިބީ 11 ދިވެހިންނާއި 2 ބިދޭސީންނެވެ.
ޟަރަފް
ބިދޭސީން ނަށް މަހައް ދެވޭ ތަ.؟