ޚަބަރު

އެމްއެންޑީއެފްގެ ފުރަތަމަ އެޖުޓަންޓް ޖެނެރަލަކަށް ކާނަލް މުޙައްމަދު އިބްރާހީމް


އެމްއެންޑީއެފް ފުރަތަމަ އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ. ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކާނަލް މުޙައްމަދު އިބްރާހީމް މަޤާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އެޖުޓަންޓް ޖެނެރަލްގެ މަޤާމަކީ އެމްއެންޑީއެފްއިން އަލަށް އުފެއްދި މަޤާމެކެވެ. އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރ (އޭޖީ ކޯރ) އަކީ ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސެރެމޯނިއަލް ޑިއުޓީތައް އަދާކުރުމާއި ސިވިލް އަދި ޕަބްލިކް އެވެއަރޒްގެ ޚިދުމަތްތަކާއި، ލީގަލް ސަޕޯޓާއި، އަސްކަރީ ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމާއި ހިއުމަން ރިސޯސް އާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އެކްސްޕަރޓީސް ފޯރުކޮށްދިނުމަށްޓަކައި އުފައްދަވާފައިވާ ސަޕޯޓް ސަރވިސް އެވެ.

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސްގެ މަޤާމަށް މިއަދު އައްޔަންކުރެއްވި ކާނަލް މުޙައްމަދު އިބްރާހީމް ކުރިން ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަޤާމުގައެވެ.