މުނިފޫހިފިލުވުން

އަކްޝޭގެ "ބެލް ބޮޓަމް"ގެ ޝޫޓިންގް އަންނަމަހު ފަށަނީ


އަކްޝޭ ކުމާރާއި ވާނީ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ "ބެލް ބޮޓަމް"ގެ ޝޫޓިންގް އަންނަމަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިކަން ސޯޝަލް މީޑިއާގައި އަކްޝޭވަނީ ކަށަވަރުކޮށްދީފައެވެ. އަކްޝޭ ބުނީ މި ޕްރޮޖެކްޓާމެދު އޭނާ ކުރާ އުއްމީދު ބޮޑުކަމަށާއި، އަލުން ޝޫޓިންގެ މަސައްކަތްތަކަށް އެނބުރި ދެވޭތީ އޭނާހުރީ ވަރަަށް އުފަލުންކަމަށެވެ. މިއީ އިންޑިއާގައި ކޯވިޑް-19ގެ ސަބަބުން ބޮލީވުޑްގެ މަސައްކަތްތައް މެދުކެނޑިފައި އޮތުމަށްފަހު، އަލުން ޝޫޓިންގެ މަސައްކަތް ފަށާ ފުރަތަމަ ފިލްމެވެ.

"ބެލް ބޮޓަމް"އަކީ މިދިޔަ އަހަރު ނުކުތް ކަންނާޑާ ހިޓް ފިލްމު "ބެލް ބޮޓަމް"ގެ ހިންދީ ރީމޭކްއެކެވެ. ކަންނާޑާ ފިލްމަށްވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. ޚާއްސަކޮށް އެ ފިލްމުގައި 80ގެ އަހަރުތައް ގެނެސްދީފައިވާލެއް ފުރިހަމަކަމުން ގިނަ ބަޔަކުވަނީ އެ ފިލްމަށް ތައުރީފުކޮށްފައެވެ. މި ފިލްމަކީ ޕީރިއަޑް ގޭންގްސްޓަރ ޑްރާމާ ފިލްމެކެވެ. ޖެކީ ބަގާނީ ޕްރޮޑިއުސްކުރާ މި ފިލްމުން އަކްޝޭއާއެކު ލީޑް ރޯލުން ވާނީ ކަޕޫރަށް ފުރުޞަތުދީފައިވާއިރު، މިއީ މި ދެތަރިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

މި ފިލްމުގައި އަކްޝޭއާއި ވާނީގެ އިތުރުން ލާރާ ދައްޓާ، ހުމާ ގުރޭޝީ، ޖެކީ ބާގްނަނީ އަދި ރަންޖީތު ތިވާރީ މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ. މި ފިލްމް ސިނަމާތަކަށް އަންނާނެކަމަށް ބެލެވެނީ އަންނައަހަރުގެ ކުރީކޮޅެވެ.