ވިޔަފާރި

މިފްކޯގެ އުފެއްދުންތައް ގޭގެއަށް ޑެލިވަރީ ކޮށްދޭން ފަށައިފި


މިފްކޯއިން އެކުންފުނީގެ އުފެއްދުންތައް ގޭގެއަށް ޑެލިވަރީކޮށްދިނުމުގެ ޙިދުމަތް ފަށައިފިއެވެ.

މިފްކޯއިން ވިދާޅުވީ ހޯމް ޑެލިވަރީ ކޮށްދޭނީ މާލެއަށާއި ހުޅުމާލެއަށް ހާއްސަކުރެވިފައިވާ ހޮޓްލައިން ނަންބަރުތައް މެދުވެރިކޮށް މަސްފިހާރަ ހުޅުވާފައި ހުންނަ ވަގުތުތަކުގައިކަމަށެވެ. އެގޮތުން މަސް ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ހަވީރު 3:00 އަށް މަސްފިހާރައަށް ގުޅައިގެން ކަމަށެވެ.

މާލެއިން ކުރާ އޯޑަރުތަކަށް ގުޅަންޖެހެނީ 3335533 އަށް އަދި ހުޅުމާލެއިން 3351002 އަށެވެ. އަދި އޯޑަރުތަކުގެ އަދަދަށް ބަލައި އެދުވަހެއްގެ މެންދުރު 2:00ގެ ކުރިން ދެއްވާ އޯޑަރުތައް އެދުވަހު ޑެލިވަރީކޮށްދޭނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

ޑެލިވަރީ ނެގުމަށް ހަމަޖެހިފައިވަނީ ހިލޭދެވޭ ހިދުމަތެއްގެ ގޮތުގައި މަދުވެގެން 200 ރުފިޔާއިން މަތިންކުރާ ވިޔަފާރިއަށެވެ. މިފްކޯ މަސްފިހާރައިން ވިއްކާ ފަސްމީރު ބޮރޭންޑްގެ ހުރިހާ އުފެއްދުންތައްވެސް ޑެލިވަރީކޮށްދިނުމަށް ހަމަޖެހިފައިވާކަމަށާއި އެގޮތުން ގަނޑުކުރިމަހުގެ ބާވަތްތައްވެސް ތާޒާކަމާއި ރައްކާތެރިކަމާއިއެކު ޑެލިވަރީ ކޮށްދެވޭނެކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މިފްކޯ މަސްފިހާރައިން މިހާރުވެސް ފަސްމީރު ގޭދޮށު ފިހާރައިގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފިހާރަތަކާއި މާލެއިންފުރާ އޮޑިދޯނިފަހަރަށްވެސް އިތުރު އަގަކާއިނުލާ ގެންގޮސްދިނުމުގެ ހިދުމަތްދެއެވެ.

ކޯވިޑް-19އާ ގުޅިގެން މިފްކޯ މަސްފިހާރައިގެ ވިޔަފާރި ކުއްލިގޮތަކަށް ބަންދުކުރުމުން އާންމުނަށް ދަތިވިޔަނުދިނުމަށް ޑެލިވަރީގެ ހިދުމަތް މިފްކޯއިން ވަނީ ދުވަސްކޮޅަކަށް ކުރިއަށްގެންގޮސްފައެވެ.