ޚަބަރު

ކޯވިޑް-19އަށް ފަރުވާ ދެމުންދިޔަ ދިވެއްސަކު މަރުވެއްޖެ


ކޯވިޑް-19އަށް ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ. މީ މިބަލީގައި މަރުވި ރާއްޖެއިން މަރުވި 12 ވަނަ މީހާއެވެ. އެޗްޕީއޭއިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ މި މީހާ މަރުވެފައިވަނީ މިއަދު ފަތިހު 04:35 އެހާކަންހާއިރުކަމަށެވެ.

މި ބަލީގައި އިއްޔެ ރޭ ދަންވަރުވެސް ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައެވެ. އޭނާމަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަމުން އަލިވެ 1:55 ހާއިރުއެވެ. މި އަންހެން މީހާއަކީ މިދިޔަ ބުރާސްފަތިދުވަހު މިބަލީގައި ފަރުވާދެމުންދަނިކޮށް މަރުވި އުމުރުން 92 އަހަރުގެ މިހާގެ އަންހެނުންނެވެ.

ކޯވިޑްގައި ރާއްޖޭގައި މިހާތަނަށް 6 ދިވެއްސަކާއި 6 ބިދޭސީން ވަނީ މަރުވެފައެވެ. ބިދޭސީންގެ ތެރެއިން އެންމެ މީހަކު ފިޔަވާ ދެން ތިބި އެންމެނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ދެން މަރުވެފައިވަނީ ޕިލިޕީންސްގެ ރައްޔިތެކެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ އޭޕްރިލް މަހުގެ 29 ވަނަދުވަހުއެވެ. އެދުވަހު މަރުވެފައިވަނީ މި ބަލީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 83 އަހަރުގެ އާމިނަތު އާދަމްއެވެ. އޭގެ ފަހުން މި ބަލީގައި ދެވަނައަށް ރާއްޖެއިން މީހަކު މަރުވެފައިވަނީ މެއި މަހުގެ 5 ވަނަދުވަހުއެވެ. އެދުވަހު މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ބަންގްލަދޭސް ރައްޔިތެކެވެ. އެމީހާ މަރުވިތާ ދެ ދުވަސްފަހުން މޭ 7 ވަނަ ދުވަހު މި ބަލީގައި އަނެއްކާވެސް ދިވެއްސަކު މަރުވިއެވެ. އެދުވަހު މަރުވެފައިވަނީ މިބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ މަރުވި އާމިނަތު އާދަމްގެ ފިރިކަލުން މަޝްހޫރު ވިޔަފާރިވެރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ އުމުރުން 80 އަހަރުގެ ޙުސައިން ޢަބްދުﷲ(ނކޝޢ) އެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން ހަތަރުވަނަ މީހަކު މަރުވެފައިވަނީ މޭމަހުގެ 13 ވަނަދުވަހުއެވެ. އެދުވަހު މަރުވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ބަލީގައި މަރުވި 5 ވަނަ މީހަކީ އުމުރުން 46 އަހަރުގެ ބަންގްލަދޭސް ރައްޔިތެކެވެ. މެއި މަހުގެ 26 ވަނަދުވަހު މި މިހާ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އިރުވެސް އެމީހާ ވަނީ މަރުވެފައެވެ،

ކޯވިޑް ބަލީގައި ރާއްޖެއިން 6 ވަނަ މީހާ މަރުވެފައިވަނީ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. އެއީވެސް އުމުރުން 54 އަހަރުގެ ބަންގްލަދޭސްއަށް ނިސްބަތްވާ ފިރިހެނެކެވެ. މި ބަލީގައި ރާއްޖެއިން މަރުވި 7 ވަނަ މީހާ މަރުވެފައިވަނީ ހުޅުމާލެ އައިސޮލޭޝަންގައި ހުއްޓައެވެ. އުމުރުން 89 އަހަރުގެ މި އަންހެން މީހާ މަރުވިކަން އެގުނީ ހެނދުނު ނުތެދުވެގެން ބެލިއިރު މަރުވެފައި އޮތުމުންނެވެ. މި ބަލީގައި ރާއްޖޭގައި މަރުވި 8 ވަނަ މީހަކީވެސް ބަންގްލަދޭސްގެ ރައްޔިތެކެވެ. އުމުރުން 38 އަހަރުގެ މި މިހާ މަރުވީ އޭނާގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި ދުވަހުއެވެ.

މި ބަލީގައި ރާއްޖޭގައި މަރުވި 9 ވަނަ މީހަކީ ޕިލިޕީންސަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. މިމިހާ މަރުވެފައިވަނީ މިދިޔަ މަހުގެ 30 ވަނަދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.

ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2,469 އަރާފައެވެ. މީގެތެރެއިން 2,030 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިވަގުތު ފަރުވާ ހޯދަމުން އަންނަނީ 423 މީހުންނެވެ. މީގެތެރެއިން 13 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 876 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ 1593 އެކެވެ. މީގެތެރެއިން 1279 މީހުންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.