ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން ސްޕެއިނުގެ ކެތަލޯނިޔާގައި އަލުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފިއެވެ.
ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމަކީ ސްޕެއިނެވެ. އެ ޤައުމުގައި 205،545 މީހުންނަށް ބަލި ޖެހި، 28،385 މީހުންވަނީ މަރުވެފައެވެ. ސްޕެއިނުގައި ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަޙާއްދަކީ ކެތެލޯނިޔާއެވެ. އެ ސަރަޙާއްދުގައި 72،860 މީހުންނަށް ބަލި ޖެހިފައިވާކަމަށް ޞިއްޙަތާބެހޭ ސަރަޙާއްދީ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ. ޖުލައި މަހުގެ 3ވަނަ ދުވަހު ސެގްރިޔާގައި 3،706 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.
ކެތަލޯނިޔާގެ ސަރަޙައްދީ ސަރުކާރުގެ ރައީސް ކިމް ޓޮއްރާ ވިދާޅުވީ އެ ސަރަޙައްދުގައި ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވުމުން ޖުލައި މަހުގެ 4ވަނަ ދުވަހުން ފެށިގެން ސެގްރިޔާ ފުރަބަންދުކުރަން ނިންމާފައިވާކަމަށެވެ. 200،000އަށްވުރެ ގިނަ މީހުން ދިރުއުޅޭ ސެގްރިޔާ ފުރަބަންދުކުރިނަމަވެސް ޢާންމުންނަށް ބޭރަށް ނުކުމެ އުޅުމުގައި ހުރަހެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ލައިދާގައި ދިރިއުޅޭ މީހުންގެ ތެރެއިން ރަށުން ބޭރުގައި ވަޒީފާ ޢަދާކުރާ މީހުންނަށް އެ މީހުން މަސައްކަތް ކުރާ ކުންފުނިތަކުން ދޫކޮށްފައިވާ ޚާއްސަ ލިޔުމަކާއެކު ޖުލައި މަހުގެ 7ވަނަ ދުވަހުން ފެށިގެން މަސައްކަތަށް ދެވޭނެއެވެ.