ޚަބަރު

ބޯކޮށް ވާރޭވެހި ޖަޕާނުގައި 16 މީހުން މަރުވެއްޖެ


މޫސުމީ ގަދަ ވިއްސާރައިގައި ޖަޕާނުގެ ދެކުނުގައި އޮންނަ ރަށެއްކަމަށްވާ ކުޔޫޝޫގައި 16 މީހުން މަރުވެއްޖެއެވެ.

ކުއްލި ގޮތަކަށް ބޯކޮށް ވާރޭވެހެން ފެށުމުގެ ސަބަބުން ފެން ބޮޑުވެ ފަސްގަނޑު ދަމައިގަތުމުގެ ގިނަ ޙަދިޘާތަކެއްވަނީ އެ ރަށުގައި ކުރިމަތިވެފައެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން މިހާތަނަށް 13 މީހުން ގެއްލިފައިވާކަމަށާއި 17 މީހުންގެ ޞިއްޙީ ޙާލަތު ވަރަށް ދަށްކަމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ޞިއްހީ އެހީތެރިންވަނީ ބުނެފައެވެ. ކިސަޑުގެ ސަބަބުން ގޭގެއަށާއި މުދަލަށް ގެއްލުން ލިބިފައިވާ މަންޒަރާއި ޙާލުގައި ޖެހިފައިވާ މީހުންނަށް އަސްކަރިއްޔާއިން އެހީތެރިވާ މަންޒަރު އެ ޤައުމުގެ ޓީވީތަކުންވަނީ ދައްކާފައެވެ. ގިނަ ސަރަޙައްދުތަކަކުން ކަރަންޓާއި ފެނުގެ ޚިދުމަތްވެސްވަނީ ކެނޑިފައެވެ.

ޖަޕާނުގެ މޫސުމާބެހޭ އިދާރާއިންވަނީ އިތުރަށް ވާރޭވެހޭނެކަމަށާއި ވާރޭގެ ސަބަބުން ފަސްގަނޑު މަޑުވުމުގެ ސަބަބުން އިތުރު ހާދިޘާތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ދީފައެވެ.