ޚަބަރު

އެޗްއޯއީސީގެ ތަރުޖަމާނަކަށް ޑރ ނަޒްލާ ރަފީޤު ހަމަޖައްސަަވައިފި


އަލަށް އުފެއްދެވި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް، ޑރ.ނަޒްލާ ރަފީޤު ހަމަޖައްސަވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އެންމެ ފުރަތަމަ އުފެއްދެވި ނޭޝަނަލް އެމާޖެންސީ ސެންޓަރުގެ މަސައްކަތް ޖުލައި 1 ގައި، ނިންމަވާލެއްވި އިރު އެސެންޓަރުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ މުހައްމަދު މަބުރޫކު އަޒީޒެވެ.

އެޗްއޯސީގެ ތަރުޖަމާނަކަށް އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ ނަޒްލާ ރަފީޤު ރޭ ހަމަޖެެއްސެވި އިރު، އެޗްއޯއީސީން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ރޭ ޑރ ނަޒްލާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެޗްއޯއީސީގެ ތަރުޖަމާނެއްގެ ގޮތުގައި ޑރ.ނަޒްލާ ރަފީޤު އައްޔަންކުރައްވާފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކުރައްވައި، ކުރެއްވި ޓްވީޓާއި ގުޅިގެން، ޑރ ނަޒްލާ ރަފީޤު ކުރެއްވި ޓުވީޓުގައި ވަނީ، އެ އީ ވަރަށް ބޮޑު ޒިންމާއެއްކަމުގައި ވިދާޅުވެ، އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ފޯރުކޮށް ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. ފާއިތުވި 3 މަހެއްހާ ދުވަހު އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ގިނަ އަދަދެއްގެ ބައްދަލުވުންތަކުގައިވެސް ޑރ.ނަޒްލާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މިގޮތުން ޑރ ނަޒްލާ އެންމެ ބޮޑަށް މައުލޫމާތު ދެއްވަމުން ގެންދެވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.

ޑރ.ނަޒްލާއަކީ، އާއްމު ސިއްހަތުގެ ދާއިރާގައި ދިގު މުއްދަތެއްގައި މަސައްކަތްވެސް ކުރައްވާފައިވާ، އަދި މިހާރުވެސް ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ. އެޗްއީއޯސީގެ ތަރުޖަމާނަކަށް ޑރ ނަޒްލާ ރަފީޤު އައްޔަނު ކުރެއްވުމާއި ގުޅިގެން، ގިނަ އަދަދެއްގެ އާއްމުންވެސް ދަނީ ޑރ ނަޒްލާ ރަފީޤަށް މަރުހަބާ ދަންނަވަމުންނެވެ.