ޚަބަރު

"އަބްދުއްﷲ ހަމީދު އަވަހާރަވުމަކީ ޤައުމަށް ލިބުނު ބޮޑު އުނިކަމެއް"


އަލްއުސްތާޛް އަލްމަރުހޫމް އަބްދުއްﷲ ހަމީދު އަވަހާރަވުމަކީ މުޅި ދިވެހި ޤައުމާ އެމަނިކުފާނުގެ އާއިލާއަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ އުނިކަމެއްކަމަށް ކުރީގެ ރައީސް އަދި މަރުހޫމް އަބްދުއްﷲ ހަމީދުގެ ބޭބޭފުޅު އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.މިސްރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މަރުހޫމް އަބްދުއްﷲ ހަމީދަކީ ވަރަށް އިޚްލާސްތެރިކަމާއެކު ދިވެހި ދައުލަތަށް އަގުވަޒަން ނުކުރެވޭހާ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ. "މަރުހޫމް އަބްދުއްﷲ ހަމީދު އަވަހާރަވުމަކީ މުޅި ދިވެހި ޤައުމަށާއި، އަޅުގަނޑާއި އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް، ފޫ ނުބެއްދޭވަރުގެ އުނިކަމެއް" - ރައީސް މައުމޫން ވިދާޅުވިއެވެ. އަލްމަރުހޫމް އަބްދުއްﷲ ހަމީދު ވަނީ ރައީސް މަޢުމޫންގެ ސަރުކާރުގެ އިސް އެތަށް މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން 15 އަހަރަށްވުރެ ގިނަދުވަހު އެމަނިކުފާނުގެ ސަރުކާރުގަ ވަޒީރުކަންވެސް ކުރައްވާފައިވެއެވެ. ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް މިއަދު ހެނދުނު ވަނީ އަލްމަރުހޫމް އަބްދުއްﷲ ހަމީދުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެވަޑައިގެންފައެވެ.