ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވި އަދަދާއި ރަނގަޅުވި އަދަދުވެސް 10 އަށްވުރެ ދަށް


މިއަދު ރާއްޖެއިން ކޯވިޑް-19އަށް 10 މީހަކު ޕޮޒިޓިވްވެ، 7 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

އިއްޔެގެ ހަވީރު 6 އިން މިއަދު އިރުއޮއްސި 6 އާއި ހަމަޔަށް ޕޮޒިޓިވްވެފައިވާ 10 މީހުންނާއިއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 2410 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 4 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހަކާއި އިންޑިއާގެ 3 މީހުންނާއި އިންޑޮނޭޝިއާގެ މީހެކެވެ. ކޯވިޑް-19އަށް ރާއްޖެއިން ވަނީ މިހާތަނަށް 52،000 އަށްވުރެ ގިނަ ސާމްޕަލް ނަގާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު ރާއްޖެއިން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުވަނީ 419އަށް އަރާފައެވެ.

ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 7 މީހުންނެވެ. މިއާއިކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 1976 އަށް އަރާފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 82 އިންސައްތައެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑް-19ޖެހިގެން މަރުވެފައިވަނީ 10 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ދިވެއްސަކާއި 5 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 844 ދިވެހިންނެވެ. މި ބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދު ވަނީ 1566އަށް އިތުރުވެފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން އެ ޤައުމުގެ 1257 މީހަކު ވަނީ ޕޮޒިޓިވެ ވެފައެވެ.

ކޯވިޑް 19 އާއި ގުޅިގެން ރާއްޖެއިން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އޭގެ ތެރެއިން ގިނަ ކަންތައްތަކަށް ލުއިދީ، ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކާލުގެ ހާލަތު މިމަހުގެ 15 ވަނަ ދުވަހުން ފެށީގެން ހާލަތު ގޯސްނުވާނަމަ އިތުރު ނުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އިޤްތިޞާދު ފެއްޓުމަށްޓަކައި، ބޯޑަރު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މިހާލަތުގައިވެސް ސަރުކާރުން ދެމުންދާ ލުއިތަކަކީ އެއްވެސް ހާލަތެއްގައި ރާއްޖެއިން މިކަމުގެ ނުރައްކާ އެއްކޮށް ދިޔައީކަމަށްބަލައި ދެމުންދާ ލުއިތަކެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގެ ނުރައްކާލާއި، ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އަދިވެސް އެތޮމުން އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ހުރިހާ ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް ޞިއްޙީ ބޭފުޅުން ދަނީ އިތުރުޝާދު ދެއްވަމުންނެވެ.