ޚަބަރު

ހަމަނުޖެހުން ހިންގި ބިދޭސީން ފުލުހުންގެ ކޯންޓްރޯގެ ދަށަށް ގެނެސްފި


08؛08 - ރަށުގައި ހުރި ގިނަ އެއްޗިއްސަށް ބިދޭސިން ވަނީ ގެއްލުންދީފައެވެ. އެރަށުގައި ހުރި އަޅުގަޑުމެންގެ ރިޕޯޓަރ މުރުޝިދު ބުނީ ރަށަށް މަސައްކަތްކުރަން ގެނެސްފައި ހުރި ހުރިހާ ވެހިކަލަކަށްވަނީ ގެއްލުންދީފައިކަމަށެވެ. އަދި އެކި ބޭނުންތަކަށް ގެނެސްފައިހުރި ކޮންޓެއިނަރތައް ވެސް ފަޅާލާފައިވާކަމަށެވެ.

08:24 - ތަނުގައި ބޭނުންކުރަމުން ދިޔަ ބައެއް ތަކެއްޗައި ގެއްލުން ދީ އެތަކެތި އެކި ތަންތަނުގައި ފޮރުވާފައިވާކަމަށާއި އެތަކެތި ހޯދުމުގެ މަސައްކަތް ފުލުހުންގެ ޓީމްތަކުން އަންނަނީ ކުރަމުންނެވެ.

08:05 - ބިދޭސިން ކަންކޮށްފައިވާ ބެލުމަށް ބަންގްލަދޭޝް ހައިކޮމިޝަންގެ ޓީމެއްވެސް އަންނަނީ ބޮޑުފިނޮޅުގައި ހަރަކާތްތެރިވަމުންނެވެ.

07:39 - ފުލުހުންގެ ތަހުޤީގު ޓީމުތަކުންދަނީ އެސްއޯ ފުލުހުންނާއި އެކު ރަށިގެ އެކި ތަންތަނަށް ވަދެ ބަލާ ފާސްކުރަމުންކަމަށް ޕީއެސްއެމްގެ ރިޕޯޓަރ ބުނެއެވެ.

07:30 - ރަށުގައި މަސައްކަތް ކުރަން ގެނެސްފައިވާ ބައެއް ސާމާނުތަކަށް ބިދޭސިން ވަނީ ގެއްލުން ދީފައެވެ. މީގެތެރޭގައި ހެވީ ވެހިކަލްތައްވެސް ހިމެނެއެވެ.

07:23 - ހަމަނުޖެހުން ހިންގި ހުރިހާ ބިދޭސިންވަނީ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިއެވެ. އެމީހުންނަކީ ޤަވައިދާ އެއްގޮތަށް މަސައްކަތް ކުރަމުން އައި މީހުންތޯ އަންނަނީ ބަލަމުންކަމަށް ފުލުހުން ވިދާޅުވެއެވެ.

07:22 - ބިދޭސީންނާއި އެކު ކުރި މަޝްވަރާތަކަށްފަހު ސުލްހަވެރިކަމާއި އެކު މައްސަލަ ހައްލުކުރުން ފުލުހުންނަށް އެއްބާރުލުން ދޭން ބިދޭސީން އެއްބަަސްވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެއްވެސް ބަޔަކު ފިލާފައެއް ނުވެއެވެ.

07:18 - ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ބިދޭސިންނަކީ މިކަމުގައި އެއްވެސް ވަރަކަށް ބައިވެރި މީހުންނެއް ނޫންކަމަށް ފުލުހުންނާއި ހަވާލީ އެރަށުގައި ރިޕޯޓަރ ބުނެއެވެ. ރޭ ހިނގި ހަމަނުޖެހުމުގައި ބައިވެރިވި އެއްވެސް ބިދޭސީއެއް މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.

07:08 - ރަށުގެ ތެރެއިން ބައެއް ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެކަމަކު މީ ކިާ ބިދޭސީންނެއްކަމެއް ނޫނީ މިކަމުގައި ކިހާ ވަރަކަށް ބައިވެރިވުން އޮތް ބައެއްކަން އަދި ނޭގޭކަމަށް ޕީއެސްއެމްގެ ރިޕޯޓަރ ބުނެއެވެ.

07:00- ފުލުހުންގެ ތަހުޤީގު ޓިމުތަކުން ރަށުތެރެއަށް އަރައިފިއެވެ. މީގެތެރޭގައި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓްގެ ޓީމަކާއި ސީރިއަސް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ޓީމެއް ހިމެނޭކަމަށް އެރަށުގައި ހުރި ޕީއެސްއެމްގެ ނިއުސްގެ ޖާނަލިސްޓް ބުނެއެވެ. ތަހުޤީގު ޓީމު ރަށުތެރެއަށް އަރާފައިވަނީ ތަންތަން ބަލާ ފާސްކުރުމަށެވެ.

06:41 - ސަލާމްތަވި ދިވެހިންނާއި ހަވާލާދީ ޕީއެސްއެމްގެ ޖާނަލިސްޓް މުރުޝިދު ބުނީ ބިދޭސީންގެ ޝަކުވާއަކީ އެތައް މަހއް ވަންދެން މުސާރަ ނުދީ މަސައްކަތްކުރުވުންކަމެވެ. މި ގޮތުން 6 މަހަށްވުރެ ގިނަ ދުވަސް މުސާރަ ނުދީ އޮތްކަމަށް ބިދޭސީން ބުނާކަމަށް މުރުޝިދު ބުނެއެވެ.

06:40 - ރަށުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ. ފުލކުހުން ދަނީ ބިދޭސީންނާއި މަޝްވަރާކުރަމުން. ރަށުގެ ތެރެއަށް އަދި ފުލުހުން އަރާފައެއްނުވޭ.

06:30 އިތުރި ދިވެއްސަކު އަނެއްކާވެސް ސަލާމަތްކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މީހައަކީ އެރަށުގެ ކައްކާކަމަށް މުރުޝިދު ބުނެއެވެ. މިހާތަނަށް ޖުމްލަ 12 ދިވެހިން މިވަނީ ސަލާމްތަކޮށްފައެވެ.

06:25 - ރަހީނު ކުރި ދިވެހިންގެ ތެރެއިން އެކަކު ރޭ ފަތިހުވަނީ ފަތާފައި ގޮސް ތުޅާދޫއަށް އަރާފައެވެ. މިމިހާގެއ ހާލުވެސް ރަނގަޅުކަމަށް މުރުޝިދު ބުނެއެވެ.

06:17 ފުލުހުންގެ ޓީމުން އަންނަނީ ބިދޭސީންނާއި މަޝްވާރާކުރަމުންނެވެ. އަދި މިވަގުތު އެރަށުގައި ހަތިޔާރާއި އެކު 60 ފުލުހުން މިވަގުތު އެރަށުގައި އަންނަނީ ހަރަކާތްތެރިވަމުންކަމަށެވެ.

06:15- ރަށުގައި ތިބި ބިދޭސީންގެ ތެޜޭގައި ބްންގަލަދޭޝް ރައްޔިޔުންނާއި ލަންކާ މީހުންގެ އިތުރުން ޢިންޑިއާ މީހުން ތިބިކަމަށް މުރިޝިދު ބުނެއެވެ. އަދި މިހާތަނަށް އޭގެ އެއްވެސް މީހެއް ފުލުހުން ބެލުމުގެ ދަށަށް ނުގެންދެއެވެ.

06:12 - ދިވެހި މީހާ ބުނީ ބިދޭސީން އެނާ ވަށާލާ ރަށުން ފޭބިޔަ ނޫދީ ހިފަހައްޓާފައިވާކަމަށެވެ. އަދި އަބަދުވެސް ބިދޭސީން އެނާ ވަށާ ތިބޭކަމަށާއި އެއްވެސް އަނިޔާއެއް ކޮށްފައި ނުވާކަމަށެވެ. އަދި ގަޑިން ގަޑިއަށް ކާންދެމުން ދިޔަކަމަށެވެ.

06:11 - މުރުޝިދު ވަނީ އެރަށުން ބޭލި ދިވެއްސަކާއި ވާހަކަ ދައްކާފައެވެ. އެމީހާ ބުނީ އެނާ އަކީ އިއްޔެ ހެނދުނު 11 ޖެހިއިރު ތުޅާދޫގައި ހުރެފައި އެރަށް އައި މީހެއްކަމަށެވެ. އޭނާ އެރަށަށް އައުމުން ބިދޭސީން އެނާ ރަހީނު ކުރިކަމަށް އެމީހާ ހަވާލާދީ މުރުޝިދު ބުނެއެވެ.

ބ.އަތޮޅުގައި ރިސޯޓެއް ހަދަމުންދާ ބޮޑު ފިނޮޅުގައި ބިދޭސީންގެ ބަޔަކު ބޮޑު ހަމަނުޖެހުން ހިންގާ ދިވެހިން ތަކެއް ރަހީނުކޮށްފައިވާތީ ގިނަ އަދަދެއްގެ ފުލުހުން ހަތިޔާރާއި އެކު ދާދި ދެންމެ އަކު ރަށަށް އަރައިފިއެވެ.

ފުލުހުންނާއި އެކު މި އޮޕރޭޝަން ކަވަރކުރުމުގައި ހަރަކާތްތެރިވަމުންދާ ޕީއެސްއެމްގެ ޖާރނަލިސްޓް މުރުޝިދް އަބްދުލް ހަކީމް ބުނީ ފުލުހުން ރަށަށް އެރި އިރު އެއްވެސް ބިދޭސީއެއް އަދި ފެންނަން ނެތްކަމަށެވެ.

މުރިޝިދު ބުނީ ރަށުތެރެއަށް ފުލުހުން އަރާ 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފުލުހުންގެ ލޯންޗަށް އަރުވައިފިކަމަށެވެ. މީ ބިދޭސީންކަމެއް ދިވެހިންކަމެއް އަދި ނޭގޭކަމަށާއި ބެލެވެނީ މީ ރަށުން ފައިބަން ބޭނުންވެފައި ތިބި މީހުންކަމަށެވެ. މި މީހުން ތިބީ ފޮށި ތަންމަތި ހިފައިގެންކަމަށްވެސް މުރުިޝިދު ބުންޏެވެ.

މުރުޝިދު ބުނީ ރަށުން ބޭލީ ބިދޭސީން ރަހީނު ކުރި ދިވެހިންކަމަށާއި އެމީހުންގެ ހާލު ރަނގަޅުކަމަށެވެ. އަދި އޭގެތެރޭގައި 11 މީހުން އެބަތިބިކަމަށް މުރުޝިދު ބުނެއެވެ.