ޚަބަރު

ބިލްތައް ބޮޑުވި މައްސަލަ މިދަނީ ބަލަމުން: ސްޓެލްކޯ


މިދިޔަ މަހުގެ ކަރަންޓު ބިލުތައް ބޮޑުވި ސަބަބު ބަލަމުންދާކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

ހުސްވި ޖޫންމަހުގެ ބިލް އާދަޔާއި ޚިލާފައި ބޮޑުވެގެން ގިނަ ބަޔަކު ދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. އަދި ގިނަބަޔަކު ދަނީ ބިލްތަކަށް އައި ބަދަލުތަކާއިމެދު ސޯޝަލް މީޑިއާގައިވެސް ނުރުހުން ފާޅުކުރަމުންނެވެ.

ގިނަ ގެތަކުގެ ބިލަށް ބަލާއިރު އެވަރެޖްކޮށް 600ރ އަރާ ގޭގޭގެ ބިލް 1500އިން މައްޗަށް ވަނީ އަރާފައެވެ. އަދި 1500 ރުފިޔާ އަރާ ގޭގޭގެ ބިލް 3000އިން މައްޗަށް ވަނީ އަރާފައެވެ.

ކޯވިޑް 19ގެ ޙާލަތާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ގޭބިސީތަކުގެ ކަރަންޓު ބިލުގެ 40 އިންސައްތަ ސަބްސިޑީ ދިނުމަށް ނިންމާފައެވެ. އަދި އޭޕްރީލް މަހާއި މެއި މަހުގެ ބިލްތައްވެސް ފޮނުވާފައި ވަނީ 40 އިންސައްތަ އުނިކުރުމަށްފަހުއެވެ.

ނަމަވެސް ސްޓެލްކޯ ބިލްތަކަށް އެރިވަރު އިތުރުވެ އެ މައްސަލަ މިހާރު ވަނީ އެކުންފުނިން ބަލަން ފަށާފައެވެ. ސްޓެލްކޯއިން ބުނެފައި ވަނީ ބިލްތަކާއި ގުޅިގެން ގިނަބައެއްގެ ޝަކުވާ ލިބިފައިވާކަމަށެވެ. އަދި އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި އެކުންފުނިން ބަލަމުންދާކަމުގައިވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓް ބިލްތައް ބޮޑުވި މައްސަލައިގައި، ސްޓެލްކޯގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޟިރުކުރުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިހާރު ވަނީ، ހުށައަޅުއްވާފައެވެ.

ދެރަ

ފެން ބިލް ވެސް ވަރަށް ބިޑުވެފަ އިނީ. ދެގުނަ ބޮޑުވެފަ އިނީ

ބަލަން ހުންނާތި ވާނުވާ

ބަލަން ހުންނާތި ވާނުވާ ދެން ވަަަ ނީ ކިހިނެއްބާ!

މީޓަރ

ބިލު ބޮޑުވަނީ ކުޑަ މުއްދަތަކަށް، މަތީ ރީޑިންގ އެއް ޖަހާތީ...