ކުޅިވަރު

ހުރާ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާލައިފި


މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން ރާއްޖޭގައި ގާއިމްކުރި ފުރަތަމަ އައުޓްޑޯ ވޮލީބޯޅަ ކޯޓް، ކ.ހުރާ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ.

ކ.ހުރާ އައުޓްޑޯ ވޮލީކޯޓަކީ ޔޫތު މިނިސްޓްރީ އާއި، ހުރާ ކައުންސިލް އާއި، ހުއްރިއްޔާ ސްޕޯޓްސް ކުލަބުން ގުޅިގެން ގާއިމްކޮށްފައިވާ ވޮލީކޯޓެކެވެ. މިކޯޓުގެ މަސައްކަތަށް ޔޫތު މިނިސްޓްރީން ވަނީ ފަސް ލައްކައާއި ގާތްކުރާ އަދަދަކަށް ފައިސާ ޚަރަދުކޮށްފައެވެ. ބާކީ ޚަރަދުތަށް ހުރާ ކައުންސިލް އާއި ހުއްރިއްޔާ ސްޕޯޓްސް ކުލަބުން ކޮށްފައިވާއިރު ކޯޓު އަޅާފައިވަނީ ހުރާ ކައުންސިލުން ހުއްރިއްޔާ ސްޕޯޓްސް ކުލަބަށް ދޫކޮށްފައިވާ ބިމެއްގައެވެ. އަދި ކޯޓުގެ މަސައްކަތް ނިންމާލާފައިވަނީ ލައިޓް ހަރުކޮށް ރޭގަނޑުވެސް ކޯޓުގައި ކުޅެވޭނެ އިންތިޒާމާއި އެކުގައެވެ.

ޔޫތް މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ގާއިމްކުރި ފުރަތަމަ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާލިކަން ޢިއުލާންކުރަައްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ރަށްރަށުގައިވެސް މިފަދަ ކޯޓުތަށް އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހުރާ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ކުރުމުގައި ހުރާ ކައުންސިލާއި ، ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ އިތުރުން، ކ.ހުރާގެ ޒުވާޒުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި މިނިސްޓަރ މަހްލޫފް ވަނީ ޝުކުރުއަދާކުރައްވާފައެވެ.