ޚަބަރު

އޭއައިބީޑީގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރއަކަށް ޕީއެސްއެމްގެ އެމްޑީ


އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމެންޓް (އޭއައިބީޑީ)ގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރމަނަކަށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް މިއަދު އިންތިޚާބުކޮށްފިއެވެ. ޕީ.އެސް.އެމް.ގެ އެމްޑީ އެގްޒެކެޓިވް ބޯޑުގެ ޗެއަރމަނަކަށް އިންތިޚާބުވީ ތައިލެންޑްގެ ޗިއަން މައިގައި ކުރިއަށްދާ އޭއައިޑީބީގެ 41ވަނަ ޖެނެރަލް ކޮންފަރެންސްގައި އެގްޒެކެޓިވް ބޯޑުގެ ޗެއަރމަނަކު އިންތިޚާބު ކުރުމަށް ބޭއްވުނު ބައްދަލުވުމުގައި ސްރީލަންކާއާ އިންޑޮނީޝިޔާއާ ވާދަކޮށް ފަސްވޯޓުން ކުރިހޯދައިގެންނެވެ. އޭއަބީޑީގެ އެގްޒެކެޓިވް ބޯޑުގައި ދިވެހިރާއްޖޭގެ އިތުރުން ހިމެނެނީ އިންޑޮނީޝިޔާ، މެލޭޝިޔާ، ޗައިނާ، ދެކުނުކޮރެއާ، ސްރީލަންކާ، ތައިލެންޑް، ނޭޕާލް އަދި ފިލިޕީންސްއެވެ. އޭއައިބީޑީއަކީ އ.ދގެ 53 މެމްބަރު ޤައުމު ހިމެނޭ ޔޫއެން އެސްކެޕްގެ ދަށުން ހިނގަމުން އަންނަ ބައިނަލްއަޤްވާމީ ޖަމާޢަތެކެވެ. 38 އަހަރު ވެފައިވާ މި ޖަމާޢަތުގައި އޭޝިޔާ ޕެސިފިކް ސަރަޙައްދުން 26 މެމްބަރު ޤައުމު ބައިވެރިވެއެވެ. އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި ބްރޯޑްކާސްޓިންގ ތަރައްޤީ ކުރުމަށްޓަކައި އޭއައިބީޑީން ކޮންމެ އަހަރަކުވެސް ތަފާތު ޙަރަކާތްތަކެއް ހިންގައެވެ.