ސިޔާސީ

ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަސްދީޤުކުރައްވައިފި


10,000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުން ފައިސާ ނުދޭގޮތަށް، ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ.ރައީސް މިއަދު ތަސްދީގުކުރެއްވި މިއިސްލާހުގައި ބުނެފައިވަނީ، ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބޭނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށެވެ. އަދި  ޤާނޫނަށް އަމަލު ކުރަން ފަށާ އިރު 3000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް އެއަދަދަށް މީހުން ހަމަކުރުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި، އަދި 3000 މީހުންގެ ސޮއި ހޯދުމުން ސިޔާސީ ޕާޓީއެއް އުފެއްދޭނެ ކަމަށްވެސް މި ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވެއެވެ.މީގެ އިތުރުން 20،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެ ޕާޓީތަކުގެ އިދާރީ އޮފީހާއި، އެޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް 1000 އަކަފޫޓުގެ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ސަރުކާރުން ހަމަޖައްސައިދެއްވަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.