ޚަބަރު

ލޮކްޑައުންއަށް ނިމުމެއް - މާދަމާ އޮފީސްތަކާއި ވިޔަފާރިތައް ހުޅުވާލަނީ


ޖުލައި 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތަކާއި ވިޔަފާރިތަކާއި ކެފޭ، ރެސްޓޯރަންޓްތައް ހުޅުވުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ނިއުނޯމަލްގެ އުސޫލުތަކުގެ ތެރެއިން ސަރުކާރުގެ އޮފީސްތަކާއި، ވިޔަފާރިތަކާއި ކެފޭ، ރެސްޓޯރަންޓްތައް ހުޅުވުމުގެ ހުއްދަ ދެއްވާފައިވާކަމަށެވެ.

ކޯވިޑް19ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ކެފޭ ރެސްޓޯރަންޓްތައް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އެކި މަރުހަލާތަކަކަށް ބަހާލައިގެން ސަރުކާރުން އަންނަނީ ފުރަބަންދަށް ލުއިތަކެއް ދެމުންނެވެ. މިހާރުވެސް ގިނަ ލުއިތަކެއް ދީފައިވާއިރު މާދަމާއިން ފެށިގެން އިތުރު ލުއިތައް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.