ޚަބަރު

ކޯވިޑް-19 : މިއަދު 13 މީހުން ޕޮޒިޓިވް


ރާއްޖެއިން އިތުރު 13 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ފާއިތުވި 24 ގަޑިިއިރު ޕޮޒިޓިވްވި 13 މީހުންނާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 2337އަށް އިތުރުވެފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި ބަންގްލަދޭޝްގެ 7 މީހުންގެ އިތުރުން އިންޑިއާ މީހެކެވެ. މިއާއެކު ރާއްޖޭގައި މިބައްޔަށް ފަރުވާދެމުންދަނީ 397 މީހުންނަށެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެތެރޭގައި ހިމެނޭ ބިދޭސީންގެ އަދަދު 1200 އަށްވުރެ މަތިކަން، އެޗްޕީއޭއިން ހާމަކުރައްވައެވެ. މިބަލި ޖެހުނު ދިންވެހިިންގެ ޢަދަދު މިހާރުވަނީ 820 އަށް އިތުރުވެފައެވެ. ރާއްޖޭގައި ފުރަބަންދަށް ދީފައިވާ ލުއިތަކާއެކު ބަލިޖެހޭ މީހުންގެ ޢަދަދު މަދުކަން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއެވެ. މިބަލި މުޖުތަމަޢުގައި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް މިހާތަނަށް ވަނީ 49338 ސާމްޕަލްނަގާފައެވެ.