ޚަބަރު

ކުރީގެ މިނިސްޓަރ އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެންނަނީ


ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ  އަދި ކުރީގެ މިނިސްޓަރ އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދުގެ ހަށިކޮޅު ރާއްޖެ ގެންނަވާ ގޮތަށް ސަރުކާރުން ހަމަޖައްސަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުން މަރްޙޫމް ޢަބްދުﷲ ޙަމީދު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ރަސްމީ ޢިއްޒަތުގައެވެ. މީގެ އިތުރުން އެމަނިކުފާނު އަވަހާރަވުމާއިގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންވަނީ މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން (19 އޮގަސްޓު 2015 ވާ ބުދަ ދުވަހުން ފެށިގެން 21 އޮގަސްޓު 2015 ވާ ހުކުރު ދުވަހުގެ ނިޔަލަށް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ނިންމަވާފައެވެ.ހެންވޭރު މީނާޒް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، އަވަހާރަވެފައިވަނީ، އިންޑިއާގެ ބެންގަލޫރުގައި މިއަދުގެ ވަގުތެއްގައެވެ.ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި، ވަޒީރު ކަމުގެ މަޤާމު، ދިގު މުއްދަތެއް ވަންދެން ފުރުއްވާފައިވާ ބޭފުޅެކެވެ.