ކުޅިވަރު

ސަޕޯޓަރުން އެއްވާނަމަ ލިވަޕޫލްގެ ދަނޑުގައި މެޗު ނުކުޅެން ވިސްނަނީ


ސަޕޯޓަރުން އެއްވެ އުޅުން ހުއްޓާނުލާނަމަ ލިވަޕޫލްގެ ދަނޑުގައި މެޗުތައް ނުކުޅެން އިނގިރޭސި ޕްރެމިއާ ލީގުން މަޝްވަރާކުރަން ފަށައިފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުން ބުނީ 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލިވަޕޫލަށް ޕްރެމިއާ ލީގު ކާމިޔާބު ކުރެވުމަކީ ސިއްހީ ގޮތުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ސަޕޯޓަރުން ޙިލާފުވާންވީ ސަބަބެއްނޫން ކަމަށެވެ. ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ތަށި ޔަގީންވުމުގެ އުފަލުގައި ދަނޑު ބޭރަށް އެއްވެ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

މިކަމާމެދު ލިވަޕޫލާއި ސިޓީ ކައުންސިލާއި ފުހުލުންނާއި އެނޫން ވެސް ކަމާގުޅުންހުރި ފަރާތްތަކުންވަނީ ސަލާމަތީ ކަންކަމާމެދު މަޝްވަރާކޮށްފަ އެވެ. އަދި ލިވަޕޫލްގެ ސަޕޯޓަރުންގެ އަމަލުތަކާމެދު ފުލުހުންނާއި ކުލަބުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ސަޕޯޓަރުން އިސްލާހުނުވާނަމަ އެންމެ ފުރަތަމަ ދޭނެ އަދަބަކީ އެންފީލްޑް ނޫންތަނެއްގައި މެޗުތައް ކުޅެން ނިންމުމެވެ.

ލިވަޕޫލާއި ޕްރެމިއާ ލީގާއި ސިޓީ ކައުންސިލުން އަންނަނީ ލިވަޕޫލަށް ތަށި ހަވާލުކުރާ ރަސްމިއްޔާތުގެ ކުރިން އޮންނަ މެޗުގެ ސަލާމަތީ ކަންކަމާމެދު ވެސް މަޝްވަރާކޮށްފައެވެ. މި މެޗު ކުޅޭނީ އަންނަ މަހުގެ 18 ވަނަ ދުވަހު ލިވަޕޫލްގެ ދަނޑުގައެވެ.