ޚަބަރު

ކޯވިޑް-19: ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު 1900އަށްވުރެ މައްޗަށް


ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 1900 އަށްވުރެ މައްޗަށް ހިނގައްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދާ މީހުންގެ ތެރެއިން އިތުރު 36 މީހުން މިއަދު ބަލިން ރަނަގަޅުވެފައިވާކަމަށެވެ. މިއާއެކު ބަލިުން ރަނގަޅުވި މީހުންގެ ނިސްބަތް މިވަނީ 82 އިންސައްތައަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 113 ދުވަސްވެފައިވާއިރު، މިހާރު މިބަލީގައި ފަރުވާދޭ މީހުންގެ އަދަކީ 400 އެވެ.

މިބަލި ފެތުރުން ކޮންޓްރޯލް ކުރުމައްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދުކުރުމަށްފަހު މިހާރުމިވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް މި ލުއިތަކާއެކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.