ބޯޓަކުން މޫދަށް ވެއްޓިގެން ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ތިލަފުށީ އުތުރުގައި އަޅާފައިއޮތް "ގޭސް އެޓްލާންޓިކް" ނަމަކަށް ކިޔާ ބޯޓަކުން ެ ބިދޭސީން މޫދަށް ވެއްޓިގެން ހޯދަން ފެށި މިރޭ 22:20އެވެ. މީގެތެރެއިން އެކަކު ނަގާފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން ޑީންގީއެއްގައި ނުކުމެ އެޅުނު ބައެކެވެ.
އަނެއް މީހާ ނުފެނިގެން ހޯދަމުންދަނިކޮށް ދެގަދިއރު ފަހުން އެމީހާ ފެނުނީ މޫދުގެ އަޑީގައި މަރުވެފައި އޮއްވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ކޯސްޓްގާޑްގެ ޑައިވަރުންނަށް މި މީހާގެ ހަށިގަނޑު ފެނުނީ 51 މީޓަރު އަޑީގައި އޮއްވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި މޫދަށް ވެއްޓުނު ބިދޭސީންނަކީ ކޮންމެ ޤައުމަކަށް ނިސްބަތްވާ ބައެއްކަމެއް އަދި އެމްއެންޑީއެފްއިން ހާމައެއް ނުކުރެއެވެ.