ޚަބަރު

ބޯޓަކުން މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަނީ


މާލެ އަތޮޅު ތިލަފުށީ ކައިރީ ބޯޓަކުން ބިދޭސީއަކު މޫދަށް ވެއްޓިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ތިލަފުށީ އުތުރުގައި އަޅާފައިއޮތް "ގޭސް އެޓްލާންޓިކް" ނަމަކަށް ކިޔާ ބޯޓަކުން ދެ ބިދޭސީއެއް މޫދަށްވެއްޓިގެން އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑު ސްކޮޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 22:20 ހާއިރުކަމަށާއި، މޫދަށް ވެއްޓުނު 2 ބިދޭސީންގެ ތެރެއިން އެކަކު މިހާރު ފެނިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެގޮތުން އެސަރަޙައްދުގައި މަސްވެރިކަންކުރުމަށް އުޅުނު ޑިންގީއަކަށް އެކަކު ފެނިގެން ނަގާފައިވާކަމަށާއި، އޭނާ މިހާރު ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އަދި ދެވަނަ މީހާ ހޯދުމުގެ މަސައކްަތް ކުރަމުން އަންނަކަަމށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.