ޚަބަރު

އޮންލައިން ހިދުމަތްތަކަށް މިރޭ ބުރޫއަރާފާނެ - ކަސްޓަމްސް


ކަސްޓަމްސްއިން އޮންލައިންކޮށް ދެމުންދާ ބައެއް ހިދުމަތަކަށް މިރޭ ބްރޫއަރާފާނެކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ކަސްޓްމްސް އިން ވިދާޅުވީ ނެޓްވަރކް މެއިންޓަނަންސް މަސައްކަތެއް ކުރުމުގެ މަސައްކަތް މިރޭ ކުރަމުން އަންނަކަމަށެވެ. އެގޮތުން މިރޭ 22:00 ފެށިގެން ދަންވަރު 01:00 ގެ ނިޔަލަށް އެ މުވައްސަސާއިން ދެމުން އަންނަ ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާކަމަށެވެ.

ކޯވިޑާއި ގުޅިގެން ކަސްޓަމުން އަންނަނީ ބައެއް ހިދުމަތައް އޮންލައިންކޮށް ދެމުންނެވެ. އަދި ހިދުމަތް ދެމުންދާ ވަގުތަކަށްވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ.