ޚަބަރު

ކޯވިޑް-19 : އިތުރު 17 މީހުން ޕޮޒިޓިވްވެއްޖެ


އިތުރު 17 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 2277އަށް އިތުރުވެއްޖެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ޕޮޒިޓިވްވެފައިވަނީ 7 ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހުންކަމަށެވެ. މިވަގުތު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 416 މީހުންނެވެ. އަދި މިހާތަނަށް ކޯވިޑް-19އަށް ޓެސްޓު ކުރުމަށް 46182 ސާމްޕަލް ނަގާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިވަގުތު 315 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު ކަރަންޓީން ފެސިލިޓީ ތަކުގައި 219 މީހަކު ތިބިކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.