ޚަބަރު

އެއްޖިއްސުން ގުޅުން ހިންގި މައްސަލައެއްގައި މަކުނުދޫން މީހަކު ހައްޔަރުކޮށްފި


އެއްޖިއްސުން ގުޅުން ހިންގިކަމަށްބުނާ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައި ވަނީ ހދ.މަކުނުުދޫގައި ބަޔަކު އެއްޖިއްސުން ގުޅުން ހިންގާކަމަށްބުނެ އިއްޔެ ހަވީރު 18:00 ހާއިރު ފުލުހުންނަށް މައްސަލައެއް ހުށައެޅިކަމަށެވެ.

މި މައްސަލާގައި ގުޅިގެން، މައްސަލައިގައި ތުޙުމަތުކުރެވޭ 29 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަޙުގީގުކުރަމުންނެވެ.