ކުޅިވަރު

ކ.ތަނބުރުދޫ ރާޅާއަޅާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފި


ކ.ތަނބުރުދޫގެ ރާޅާއަޅާ ސަރައްހަދު ރާޅާއަޅާ ހެރިޓޭޖެއްގެ ގޮތުގައި
ރައީސުލް ޖުމްހުރިއްޔާ އަބްދުއްﷲ ޔާމީން ކަޑައަޅައިދެއްވުމުން މޯލްޑިވްސް
ބޮޑީބޯޑިން އެސޯސިއޭޝަންއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ބޮޑީބޯޑިން
އެސޯސިއޭޝަންއިން މިކަމަށް މަރުހަބާ ކިޔޔާފައިވަނީ އެ އެސޯސިއޭޝަނުން ނެރުނު
ނޫސްބަޔާނެއްގައެވެ. ދުނިޔޭގެ އެފަދަ ދެވަނައެއް ނުވާ ދުނިޔޭގެ ފެންވަރުގެ ދެ
ރާޅުކަމަށްވާ ސަލްޓަންސްއާ ހޮންކީން ރާޅު ސްޕޮޓް ހިމެނޭ ކ.ތަނބުރުދޫ ރިސޯޓެއްގެ ގޮތުގައި
ތަރައްގީ ކުރުމަށް ސަރުކާރުން މީގެ ކުރިން ނިންމުމާ ގުޅިގެން، ރާޅާ
އެޅުންތެރިންވަނީ އެކަމާ ހިންހަމަނުޖެހުން ފާޅުކޮށްފައެވެ.

މިދިޔަ އާދީއްތަ
ދުވަހު ސަރުކާރުން އެއެގްރީމެންޓް ބާތިލްކޮށް، ތަނބުރުދޫގައި ރާޅާއެޅުމުގެ
ފުރުސަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާޅާއެޅުންތެރިންނަށް ލިބިގެންދާނެކަމަށް
ދިވެހި ސަރުކާރުން އިޢުލާން ކުރުމާގުޅިގެން، މިކަމަކީ ރާޅާއެޅުންތެރިންނަށް
ލިބިގެންދިޔަ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށް ބޮޑީ ބޯޑިން އެސޯސިއޭޝަނުން ބުނެއެވެ.
އަދި މިކަމުގެ ސަބަބުން ދިވެހި ރާޅާއެޅުންތެރިންނަށް ނުހަނުގިނަ ފައިދާތަކެއް
ކުރާނެކަމަށާ އާ ޒުވާންކުދިނަށް ރާޅާއެޅުމުގެ ފުރުސަތު ފުޅާވެ، މިކުޅިވަރު
ކުރިއެރުވުމަށް މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ހިއްވަރެއްކަމަށްވެސް މޯލްޑިވްސް
ބޮޑީބޯޑިން އެސޯސިއޭޝަންއިން ބުނެފައިވެއެވެ. 



ކ. ތަނބުރުދޫގައި ނަގާ ރާޅަކީ
ފަތުރުވެރިން އެންމެ ގަޔާވާ ރާޅު. ކ.ތަނބުރުދޫގެ ރާޅާއަޅާ ސަރައްހަދު ރާޅާއަޅާ ހެރިޓޭޖެއްގެ
ގޮތުގައި ރައީސުލް ޖުމްހުރިއްޔާ އަބްދުއްﷲ ޔާމީން ކަޑައަޅައިދެއްވުމާ ގުޅިގެން
މިރަށް ހިމާޔަތްކޮށް ބޭއްވުމަށް ހުރިހާ ރާޅާއެޅުންތެރިން މަސައްކަތް ކުރާނެކަމުގެ
ފުރިހަމަ ޔަގީންކަން ދީފައިވާކަމަށާ އަދި އެސޯސިއެޝަންގެ މަސައްކަތް ވަރަށް ގާތުން
ރަޢީސް އަބްދުﷲ ޔާމީންއާ ނައިބް ރައީސް އަހުމަދު އަދީބް ވަރަށް ގާތުން
ބައްލަވަމުންގެންދަވާތީވެ އެކަމަށްވެސް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންއިން ވަނީ ޝުކުރުއަދާކޮށްފައެވެ.