ޚަބަރު

ކޯވިޑް-19 : އިތުރު 22 މީހުން ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 2260އަށް


އިތުރު 22 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީންގެ އަދަދު 2260އަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ އެންމެ ފަހުން މި ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުން ކަމަށެވެ. މިއަދު ޕޮޒިޓިވްވިކަން ހާމަކުރި 22 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި، ބަންގްލަދޭޝްގެ 13 މީހުންގެ އިތުރުން އިންޑިއާ މީހެކެވެ.

މިއާއެކު ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 803އަށް އިތުރުވެފައެވެ. އަދި ބިދޭސީންގެ އަދަދު ވަނީ 1457އަށް އިތުރުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 408 މީހެކެވެ. އަދި މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 314 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓުކުރުމަށް 45185 ސާމަޕަލް ވަނީ ނަގާފައެވެ.