ކުޅިވަރު

އިންޓާރނޭޝަނަލް ބޮޑީބޯޑިން މުބާރާތުގެ ކޯ ސްޕޮންސަރަކަށް ސީގިއާރ


މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓާރނޭޝަނަލް ސާރފިން
އެންޑް ބޮޑީ ބޯޑިން ރާޅާ އެޅުމުގެ މުބާރާތުގެ ކޯ ސްޕޮންސަރަކަށް ރާއްޖޭގެ ކުންފުންޏެއްކަމަށްވާ ސީ ގިއާރ
ހަމަޖައްސައިފިއެވެ. 

 ސީގިއާރ ހެޑް އޮފީހުގައި އޮތް ސްޕޮންސާރޝިޕް އެގްރީމެންޑްގައި
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސީގިއާރގެ ފަރާތުން މިއެއްބަސް ވުމުގައި ސޮއިކުރެއްވީ ސީގިއާރގެ މެނޭޖަރ އަހުމަދު ނިޔާޒުއެވެ. އަދި މިއެއްބަސްވުމުގައި މޯލްޑިވްސް ބޮޓީ
ބޯޑިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެއެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފްއެވެ. 

އިންޓާރނޭޝަނަލް ސާފިން އެންޑް ބޮޑީ ބޯޑިން ރާޅާ އެޅުމުގެ މުބާރާތަކީ މޯލްޑިވްސް
ބޮޑީ ބޯޑިންންގއާއި  އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް ގުޅިގެން ކުރިއަށްގެންދާ މުބާރާތެެކެވެ. މިމުބާރާތުގެ މެއިން
ސްޕޮންސަރަކީ ސަނީ ސައިޑް އޮފް ލައިފްއެވެ. މުބާރާތް އޮންނާނީ ޅޮހިފުށި ރާޅާ
އަޅާ ސަރައްހަދުގައެވެ. އެއީ ސެޕްޓެމްބަރ މަހުގެ ތޭރައިން ސޯޅަ އަށެވެ. މިފަހަރުގެ މުބާރާތުގައި
ބައިވެރިވުމުގެ ފުރުސަތު ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށްވެސް
ހުޅުވާލެވިފައިވާކަމަށް މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނުން މަޢުލުމާތުދެއްވައެވެ.