ސިއްހަތު

ސީލިންގ އިން ފެންލީކްވުމުން އައިޖީއެމްއެޗްގައި ފެން ހެދިއްޖެ


މާލެއަށް މިއަދު ކުރި ވިއްސާރައިގެ ސަބަބުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް އައި.ޖީ.އެމް.އެޗްގެ ސީލިނގުން ފެންލީކުވެ ހޮސްޕިޓަލުގެ ބައެއް ސަރަހައްދުތަކުގައި ފެން ހެދިއްޖެއެވެ. އެ ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލް ޒީނަތު އަލީ ހަބީބް ވިދާޅުވީ އައި.ޖީ.އެމް.އެޗަށް އެފަދަ މައްސަލަތަކެއް ދިމާވީ ހޮސްޕިޓަލްގެ ޢިމާރާތުގައި ގިނަ މަރާމާތު ތަކެއް ކުރަމުން ދިއުމާއި ވާރޭފެން ދަތުރުކުރާ ބައެއް ހޮޅިތަށް ބެދެފައި ހުރުމުން ކަމަށެވެ. އަދި ހޮސްޕިޓަލަށް ދިމާވި މި މައްސަލަ މިހާރު ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށާއި ކޮންމެވެސް ވަރެއްގެ ވަގުތީ ހައްލެއް މިހާރުވެސް ހޯދިފައި ވާކަމަށް ޒީނަތު ވިދާޅުވިއެވެ.  މިއަދު ކުރިމަތިވި ފެނުގެ މައްސަލައާއި ގުޅިގެން ހޮސްޕިޓަލުން ހިދުމަތް ލިބިގަންނަ ފަރާތް ތަކަށް ދަތިތަކާއި ކުރިމަތި ލާން ޖެހުނު ކަމަށްވެސް ޒީނަތު ވިދާޅުވިއެވެ. އައި.ޖީ.އެމް.އެޗް އަކީ ރާއްޖޭގެ އެންމެ ގިނަބަޔަކު ހިދުމަތް ލިބިގަންނަ އެންމެބޮޑު ހޮސްޕިޓަލެވެ.