ސިޔާސީ

ސިވިލްކޯޓްގެ ޤާޟީ މަރިޔަމް ނިހާޔަތު ސަސްޕެންޑްކޮށްފި


ސިވިލްކޯޓްގެ ޤާޟީ މަރިޔަމް ނިހާޔަތު
ވަކި މުއްދަތެއްނެތް ގޮތަށް ޖުޑީޝަލް ސާރވިސްއިން ސަސްޕެންޑްކޮށްފިއެވެ.



ޖޭއެސްސީން ބުނީ ގާޒީ މަރިޔަމް ނިހާޔަތު ސަސްޕެންޑްކުރީ
އެނާއާއި ގުޅިގެން ހުށައެޅި ބަލަމުންދާ ޝަކުވާއަކާއި ގުޅިގެން އެނާ ތަހްގީގަށް
ދެއްވާފައިވާ ބަޔާނާއި ޝަކުވާގެ ބާވަތަށާއި މިހާތަނަށް ތަހްގީގަށް ލިބިފައިވާ
މައުލޫމާތުތަކުގެ މައްޗަށް ބެލުމަށްފަހުގައިކަމަށެވެ.އަދި ވަޒީފާއަށް ނުނުކުމެ
ގޭގައި މަޑުކުރަން ޤާޟީ ނިހާޔަތަށް
އެންގުމަށް ކޮމިޝަނުން ނިންމީ ޤާޟީ ނިހާޔަތާއި ގުޅިގެން ހުށައެޅުނު ޝަކުވާ
ތަހްގީގްކުރުމަށް އެކުލަވާލީ ކޮމެޓީއިން މި މައްސަލަ ތަހްގީގްކޮށް ފުރިހަމަކުރުމަށްފަހު، އެކޮމިޝަނުން ހުށައެޅި ރިޕޯރޓަށް ބެލުމަށްފަހު 
ގާނޫނޫން ޤާޟީ ނިހާޔަތަށް ލިބިދޭންޖެހޭ
ފުރުސަތުތައް ދިނުމަށްފަހުގައި ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.އެހެންނަމަވެސް ޤާޟީ ނިހާޔަތާއި ގުޅިގެން ހުށައެޅި ބަލަމުންދަނީ ކޮން މައްސަލައެއްކަމެއް އެކޮމިޝަނަކުން ނުބުނެއެވެ.