ޚަބަރު

ކޯވިޑް-19 : މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 14 މީހުން


އިތުރު 14 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 2217 އަށް އިތުރު ވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭގެ އިރުއޮއްސި 6:00 އިންފެށިގެން މިރޭ އިރުއޮއްސި 6:00 ޖެހުމާހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވިކަން ހާމަކުރެއްވި މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި، ބަންގްލަދޭޝްގެ 3 މީހަކާއި އިންޑިއާގެ 2 މީހެއްގެ އިތުރުން ސްރީލަންކާގެ މީހެއް ކަމަށެވެ. މިއާއެކު މިހާރު ފަރުވާދޭ މީހުންގެ އަދަދަކީ 391 އެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހަކަށް ހޮސްޕިޓަލުގައި މިވަގުތު ފަރުވާދެމުންދާއިރު، ޓްރީޓޮޕް ހޮސްޕިޓަލްގައި 2 މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުންނެވެ،

މިއާއެކު މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދުމިވަނީ 775 އަށް އިތުރުވެވެފައެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ އަދަކީ 1442 އެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓުކުރުމަށް މިހާތަނަށް 42،830 ސާމްޕަލް ނަގާފައިވާއިރު މިއަދު އެކަނިވެސް ވަނީ 1276 ސާމްޕަލް ނަގާފައެވެ.