ކުޅިވަރު

ސީނިއަރ ކެޓަގަރީގެ އެއްވަނަ ސީއެޗްއެސްއީއާއި ގދ.އ.ތ.މއަށް


މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ ނަވާރަ އަހަރުން
ފިރިހެން ބައިގެ އެއްވަނަ ސްކޫލަކަށް ސީއެޗްއެސްއީ އަދި އަންހެން ބައިގެ އެއްވަނަ
ސްކޫލަކަށް ގދ.އަތޮޅު ތަޢުލީމީ މަރުކަޒު ހޯދައިފިއެވެ.

 އެތްލެޓިކްސް އެސޯސިއޭޝަނުން
އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގެ ސަތާރަ އަހަރުން ދަށުގެ
އަންހެން އަދި ފިރިހެން ބައިގެ އެއްވަނަ ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. ފަނަރަ އަހަރުންދަށުގެ ފިރިހެން ބައިގެ އެއްވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު
ސްކޫލްއެވެ. އަދި އަންހެން ބައިގެ އެންމެ މޮޅު ސްކޫލަކީ ގދ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. 

ތޭރަ އަހަރުން ދަށުގެ އަންހެން ބައިގެ އެންމެ މޮޅު ސްކޫލަކަށް ހޮވުނީ ތާޖުއްދީން
ސްކޫލެވެ. ފިރިހެން ބައިގެ އެންމެ މޮޅު ސްކޫލަކީ އިސްކަންދަރު ސްކޫލްއެވެ. މިމުބާރާތުގެ
އެންމެ ހަގު އުމުރުފުރާ ކަމަށްވާ އެގާރަ އަހަރުން ދަށުގެ ފިރިހެން އަދި އަންހެން
ބައިގެވެސް އެއްވަނަ ސްކޫލަކީ ހދ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. 

އެގާރަ އަހަރުން
ދަށުގެ ފިރިހެން އެންމެ މޮޅު އެތްލީޓަކީ ދ.އަތޮޅު މަދަރުސާގެ އަބްދުލް މާލިކް
އަހުމަދެވެ. މިއުމުރުގެ އަންހެން އެންމެ އެތްލީޓަކީ ހދ.އަތޮޅު މަދަރުސާގެ ރިފާ މުހައްމަދެވެ.
ތޭރަ އަހަރުން ދަށުގެ އަންހެން އެންމެ މޮޅު އެތްލީޓަކީ ތާޖުއްދީން ސްކޫލްގެ
އައިޝަތު ޝަބާ ސަލީމްއެވެ. މިއުމުރުގެ ފިރިހެން އެންމެ މޮޅު އެތްލީޓަކީ ގދ.އަތޮޅު
ތަޢުލީމީ މަރުކަޒުގެ އިބްރާހީމް އާދަމްއެވެ. 

ފަނަރަ އަހަރުން ދަށުގެ ފިރިހެން އެންމެ
މޮޅު އެތްލީޓަކީ އިސްކަންދަރު ސްކޫލްގެ މުހައްމަދު ނާޢިލްއެވެ. އަދި އަންހެން އެންމެ
މޮޅު އެތްލީޓަކީ އައިޝަތު ޒާރާ އަތިފްއެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން އެންމެ
މޮޅު އެތްލީޓަކީ ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިބްރާހީމް އަޝްފާންއެވެ. މިއުމުރުގެ އަންހެން
އެންމެ މޮޅު އެތްލީޓަކީ ނަޝާ ނިޒާރުއެވެ. މިމުބާރާތުގެ ނަވާރަ އަހަރުންދަށުގެ ފިރިހެން
އެންމެ މޮޅު އެތްލީޓަކީ ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އަފްޒާހު ޒާހިދުއެވެ. އަދި
އަންހެން އެންމެ މޮޅު އެތްލީޓަކީ ވިލާ އިންޓާރނޭޝަނަލް ހައި ސްކޫލްގެ އައިޝަތު
ސާރާއެވެ.



މިމުބާރާތުގައި ވާދަކޮށްފައިވަނީ މާލެއިން އެގާރަ ސްކޫލާއި އަތޮޅު
ތަކުން ނުވަ ސްކޫލެވެ.