ޚަބަރު

އެޗް.އާރު.ސީ.އެމަށް އައްޔަން ކުރި 3 މެމްބަރުން ހުވާކުރައްވައިފި


ހިއުމަން ރައިޓްސް ކޮމިޝަން އެޗް.އާރު.ސީ.އެމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިން 3 ބޭފުޅުން މިއަދު އެ ކޮމިޝަނަށް ގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފިއެވެ. ކޮމިޝަންގެ މެމްބަރު ކަމަށް މަޖިލީހުން ރުހިން ދީފައިވާ ހ. ހަބަރުގޭ އައިމިނަތު އީނާސް އާއި، މ. ކޮރަލް ގާޑްންސް އާއިޝަތު އަފްރީން މުހައްމަދާއި ޏ. ފުވައްމުލަކު ފާތު ޝިފާގު މުފީދު، އެޗްއާރުސީއެމްގެ މެމްބަރުކަމުގެ ހުވާ ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކުރިފުޅު މަތީގައި އެވެ. 5 މެމްބަރުން ތިއްބަވާ ހިއުމަން ރައިޓްސް ކޮމިޝަނަށް 3 މެމްބަރަކު އައްޔަން ކުރެއްވީ، މިހާތަނަށް އެ ކޮމިޝަންގައި ތިއްބެވި، ކޮމިޝަންގެ ރައީސް މަރިޔަމް އަޒްރާ އާއި ނައިބު ރައީސް އަހުމަދު ތޮލާލް ގެ އިތުރުން މެމްބަރު ޖީހާން މަހުމޫދުގެ ދައުރު ހަމަވާތީއެވެ.