ކުޅިވަރު

މިނިވަން 50 ބައިބަލާ މުބާރާތް ރޭ ފަށައިފި


މިނިވަން ފަންސާސް ބައިބަލާ
މުބާރާތް ރޭ ފަށައިފިއެވެ. މިމުބާރާތުގައި ރޭ ތިން މެޗު ކުޅުނެވެ.  ފުރަތަމަ މެޗް ކުލަބް ވޯންޓަޑްއާއި ވާދަކޮށް ސީދާ ދެ ގޭމްއިން ކާމިޔާބުކުރީ ކުލަބް ގުރީން ސްޓްރީޓްއެވެ. ދެވަނަ މެޗް ސިދާ ދެ ގޭމްއިން ކުލަބް ޒެފްރޯލް ކާމިޔާބުކޮށްފައިވަނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި ވާދަކޮށެވެ. ރޭކުޅުނު ފަހު މެޗް ލޮރެންޒޯ ސްޕޯޓްސް ކުލަބް ކާމިޔާބުކުރީ ލޮރެންޒޯ ހައިނަސްއާ ވާދަކޮށްގެންނެވެ. މިމެޗް ލޮރެންޒޯ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފައިވަނީ ސިދާ ދެ ގޭމުންނެވެ. 

35 ޓީމް ވާދަކުރާ
މިމުބާރާތުގައި މިފަހަރު 34 މެޗް ކުޅޭނެއެވެ. މިމުބާރާތް ކުރިއަށްދަނީ
ނޮކްއަޓް އުޞޫލުންނެވެ. މުބާރާތް ކުޅެނީ ފިޠުރު އީދުގެ މުނާސަބަތާގުޅިގެން ބޭއްވި ބައިބަލާ
މުބާރާތްވެސް ކުޅުނު ޞަރަހައްދުގައެވެ. ނަމަވެސް މިމުބާރާތުގެ މިފަހަރުގެ ޤަވާއިދަށް
ބައެއް ބަދަލުތައް ގެނެސް، ބައެއް މާއްދާތައް އިތުރުކޮށްފައިވާކަމަށް ބައިބަލާ
އެސޯސިއޭޝަނުން މައުލޫމާތުދީފައެވެ.  

މިމުބާރާތުގެ
މެޗުތައް ޓީވީމޯލްޑިވްސްއިން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.