ޚަބަރު

ވިލިމާލޭގައި 6 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދެނީ


ވިލިމާލޭގައި ހަބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ވަރަށް އަވަހަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ވިލިމާލެ ހޮސްޕިޓަލް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ޔާމިން ވިދާޅުވީ، ވިލިމާލޭގައި އިމާރާތްތައް 6 ބުރިއަށް އިމާރަތްކުރުމުގެ ހުއްދަ ދެއްވަން ނިންމެވީ އަމިއްލަ ފަރާތްތަކާއި އެ އަވަށުގައި އިންވެސްޓްކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު ދިނުމަށްކަމަށެވެ.ވިލިމާލޭގައި އެންމެ އުސްކޮށް މިހާރު އިމާރާތް ކުރެވެނީ ހަތަރު ބުރިއަށެވެ.ވިލިމާލެއަކީ ރައީސް މައުމޫންގެ ސަރުކާރުގައި ނަމޫނާ ސިޓީއެއްގެ ގޮތުގައި  ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަމައެ ވިސްނުމުގައި ތަރައްގީކުރާއިރު، 25 ބުރިއަށް ހުއްދަ ދީ، ވިލާތަކުގައި ޖެހޭ ވަރުގެ އުސް އިމާރާތްތައް ވިލިމާލޭގައި ހުންނަން ބޭނުން ނުވާކަމަށެވެ.ހަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ ތަފްސީލްތައް ވަރަށް އަވަހަށް އާއްމުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ހަބުރިއަށް އިމާރާތްކުރެވޭނީ ރާއްޖޭގެ ގާނުނުތަކަށްވެސް ބަދަލުތަކެއް ގެނެސްގެންކަމަށްވާތި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމަސައްކަތް ވަރަށް އަވަހަށް ކުރައްވާނެކަމަށެވެ.