ޚަބަރު

ޗައިނާއިން ކުރާ ވައިގެ ދަތުރުތަކުގެ ޢަދަދު އިތުރުކުރަން އެމެރިކާއިން ދެކޮޅު


ޗައިނާގެ ވައިގެ ދަތުރުތަކުގެ ޢަދަދު އިތުރުކުރަން އެމެރިކާއިން ދެކޮޅު ހަދައިފިއެވެ.

އެމެރިކާގެ ވައިގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ އެގޮތަށް ނިންމާފައިވަނީ ދެ ޤައުމުގެ މެދުގައި ކުރާ ދަތުރުތައް ހަމަހަމަކުރަންކަމަށާއި އެ ނިންމުމުގެ ބޭނުމަކީ ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުކުރުން ނޫންކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ވައިގެ ދަތުރުތައް ހުއްޓާލުމަށްފަހު އެމެރިކާގެ މަތިންދާބޯޓުތައް ޗައިނާއަށް ދަތުރުކުރަން އަލުން ޙުއްދަ ނުދިނުމުން ޗައިނާއާއި އެމެރިކާއާ ދެމެދުވެފައިވާ ވައިގެ ދަތުރުފަތުރުކުރުމުގެ އެއްބަސްވުމާ ޗައިނާއިން ޚިލާފުވެފައިވާކަމަށް ބުނެ އެމެރިކާއިންވަނީ ޗައިނާގެ މަތިންދާބޯޓުތަކަށް އެ ޤައުމަށް ދަތުރުނުކުރެވޭގޮތަށް ނިންމައިފައެވެ.

އެމެރިކާއިން އެގޮތަށް ނިންމުމުން ޗައިނާއިންވަނީ އެ ޤައުމަށްކުރާ ވައިގެ ދަތުރުތައް މަދުކުރުމަށް ނިންމި ނިންމުމަށް ލުއިދިނުމަށް ނިންމައިފައެވެ. އެ ބަދަލު ގެނައުމުން އެމެރިކާގެ މަތިންދާބޯޓުތަކަށް ހަފުތާއަކު އެއް ފަހަރު ޗައިނާއަށް ދަތުރުކުރެވޭނެއެވެ.