މުނިފޫހިފިލުވުން

"މިކޮއެ ބައްޕަ ބައޭ ބައޭ" ދެވަނަ ފަހަރަށް އޮލިމްޕަހުގައި އަޅުވަނީ


ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފަންދާފައިވާ ފިލްމު "މިކޮއެ ބައްޕަ ބައޭ ބައޭ" ދެވަނަ ފަހަރަށް އޮލިމްޕަހުގައި އަޅުވަންނިންމައިފިއެވެ. އައިސަތު ރިޝްމީ އަދި މުހައްމަދު މަނިކު ލީޑް ރޯލުން ފެނިގެންދާ މިފިލްމު ދެވަނަ ފަހަރަށް އޮލިމްޕަހުގައި އެޅުވުމަށް ނިއްމާފައިވަނީ، ބެލުންތެރިންގެ ފަރާތުން ފުރަތަމަ ދެ ޝޯއަށް ލިބުނު ތަރުހީބު ބޮޑުވުމުން ކަމަށް ފިލްމުގެ ޕްރޮޑިއުސަރ މުހައްމަދު އަލީ، މޮގާ ވަނީ ބުނެފައެވެ.މިމަހުގެ 20 އަދި 21 ގައި ފިލްމްގެ ދެ ޝޯއެއް ދެއްކުމަށް ހަމަޖެހިފައިވާއިރު މި 2 ޝޯގެ ޓިކެޓް މިރެއިން ފެށިގެން އޮލިމްޕަހުން ވިއްކަން ފަށާނެކަމަށް ފިލްމްގެ ޕްރޮޑިއުސަރ މައުލޫމާތުދެއެވެ. މީގެއިތުރުން ރަށް ރަށުން އެދުނުވަރަކުން ފިލްމް އަތޮޅުތެރޭގައިވެސް އަޅުވާނެކަމަން މޮގާ މައުލާމާތުދެއެވެ.