ކުޅިވަރު

ރޭގެ މެޗުތައް ޕީއެސްއެމްއާއި، ކަސްޓަމްސް އަދި އެމްއެންޑީއެފްއަށް


މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ބިލިޔާރޑް މުބާރާތުގެ ޓީމް އިވެންޓްގައި ރޭ ކުޅުނު މެޗްތައް ޕީއެސްއެމްއާއި، ކަސްޓަމްސް އަދި އެމްއެންޑީއެފް ކާމިޔާބުކޮށްފިއެވެ.ރޭ ކުޅުނު ޓީމް އިވެންޓް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗް ޕަބްލިކް ސާރވިސް މީޑިއާ ކާމިޔާބުކުރީ އެމްޑަބްލިޔުއެސްސީއާ ވާދަކޮށް ދެ ފްރޭމް އެއް ފްރޭމުންނެވެ. ދެވަނަ މެޗް ކަސްޓަމްސް ކާމިޔާބުކުރީ ދިރާގާއި ވާދަކޮށް ސީދާ ތިން ފްރޭމުންނެވެ. ތިންވަނަ މެޗް އެމް.އެން.ޑީއެފް ކާމިޔަބުކުރީ ރައީސް އޮފީހާ ވާދަކޮށް ސީދާ ތިން ފްރޭމުންނެވެ. މި މުބާރާތުގައި މިރޭވެސް ޓީމް އިވެންޓްގެ ތިން މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯއާއި ޓީއެމްއޭ ބައްދަލުކުރާ މެޗާއި، ކަސްޓަމްސްއާއި އެމްޑަބްލިޔުއެސްސީ ބައްދަލުކުރާ މެޗާއި، ޕަބްލިކް ސާރވިސް މީޑިޔާއާއި އިމިގްރޭޝަން ބައްދަލުކުރާ މެޗެވެ.