ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމުގައި ވިންގެއް އުފައްދައިފިއެވެ.
ފުލުހުންކުރި ޓުވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިދާރީ ހިންގުމުގެ އޮނިގަނޑު ކަނޑައެޅުމުގެ އޯޑަރަށް ތިންވަނަ އިސްލާހު ގެނެސް އެބަދަލުތައް ފާސްކުރުމާއި ގުޅިގެން ގެނައި މިބަދަލަށް މިމަހުގެ 14 ވަނަ ދުވަހުންފެށިގެން ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގް އުފެއްދުމާ ގުޅިގެން މީގެކުރިން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރަމުން އައި މަސައްކަތްތައް މިވިންގުގެ ދަށަށް ބަދަލުކޮށް ފުލުހުންގެ މުއައްސަސާގެ ގިނަ މަސައްކަތްތަކެއް ތަރުތީބުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިންވަނީ ވިދާޅުވެފައެވެ.
ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގަކީ ކުޑަކުދިންނާމެދު ބޮޑެތި މީހުން ހިންގާ ކުށުގެ މައްސަލަތައް ބަލައި ތަހުޤީޤުކުރުމާއި ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ތަހުޤީޤު ކުރުމާއި ޑޮމެސްޓިކް ވަޔަލެންސް އާއި ޖެންޑަރ ބޭސްޑް ވަޔަލެންސްގެ މައްސަލަތައް ބަލައި ތަހުޤީޤު ކުރުމާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޒިންމާ އޮތް ފަރާތްތަކުން އެމީހުންނާމެދު ކުރެވޭ އަނިޔާ އާއި އިހުމާލުގެ މައްސަލަތައް ބަލައި ތަހުޤީޤު ކުރުމާއި ޝަރީއަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާއި މިފަދަ މައްސަލަތައް ބަލައި ތަހުޤީޤުކުރާ ޑިޕާޓްމަންޓްތައް ވިލަރެސްކުރުމާއި އެޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާ ގުޅުންހުރި އިދާރާތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާއެކު ޕްރޮޖެކްޓާއި ޕްރޮގްރާމްތައް ހިންގުމާއި މޮނިޓަރކުރުމުގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމުގެ ގޮތުން އުފައްދާފައިވާ ވިންގެކެވެ.
ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުގެ އިތުރުންވެސް ކުޑަކުދިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ފުލުހުންގެ އިދާރާގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް އެހެން ޑިޕާޓްމަންޓުތަކެއްވެސް ވަނީ އުފައްދާފައެވެ. އެގޮތުން ކްރައިމްސް އެގެއިންސްޓް ޗިލްޑްރަންސް ޑިޕާޓްމަންޓާއި ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓްގެ އިތުރުން ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓުގެ ނަމުގައި ވަނީ ޑިޕާޓުމަންޓުތަކެއް އުފައްދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެ ތެރެއިން ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަކީ ކުޑަކުދިންނާމެދު ހިންގޭ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި ގެއްލިގެން ހުށަހެޅޭ ކުޑަކުދިިންގެ މައްސަލަތަކާއި ޗައިލްޑް އެކްސްޕޮލައިޓޭޝަނާއި ކުޑަކުދިންނަށް ބިރުދެއްކުމުގެ މައްސަލަތައް ބަލައި ތަހުޤީޤު ކުރުމުގެ އިތުރުން ކުޑަކުދިިންގެ ހައްގުތަކުގައި މަސައްކަތްކުރާ ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކަށް އިރުޝާދު ދިނުމަށް އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ.
ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓަކީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ތަހުޤީޤު ކުރުމާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެކުދިންނަށް ކައުންސިލިންގ ހޯދައި ދިނުމާއި ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރަންއަށް ކުދިން ފޮނުވުމަށްޓަކައި ޖުވެނައިލް ޖަސްޓިސް ޔުނިޓާ ގުޅިގެން މަސައްކަތްކުރުމާއި އެފަދަ ކުދިންގެ ހާލަތު އެމުއައްސަސާތަކާ ގުޅިގެން ބަލައި މޮނީޓަރ ކުރުމާއި އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކުގައި އިރުޝާދު ދިނުމުގެ ގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ.
ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓަކީ ގެވެށި އަނިޔާގެ މައްސަލަތަކާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޒިންމާ އޮތް ފަރާތްތަކުން އެމީހުންނާމެދު ކުރެވޭ އަނިޔާ އަދި އިހުމާލުގެ މައްސަލަތައް ބަލައި ތަހުޤީޤު ކުރުމާއި މިކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާއި ގުޅުންހުރި މައްސަލަތަކަށް އިރުޝާދު ދިނުމުގެ ގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ.
މި ވިންގުގެ ދަށުން އުފައްދާފައވާ ޑިޕާޓްމަންޓްތަކުގެ ތެރެއިން ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަކީ ކުޑަކުދިންނާމެދު ހިންގޭ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތަކާއި ގެއްލިގެން ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތަކާއި ޗައިލްޑް އެކްސްޕޮލައިޓޭޝަނާއި ކުޑަކުދިންނަށް ބިރުދެއްކުމުގެ މައްސަލަތައް ބަލައި ތަހުޤީޤު ކުރުމުގެ އިތުރުން ކުޑަކުދިންގެ ހައްގުތަކުގައި މަސައްކަތްކުރާ ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހުށައެޅޭ އެޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކަށް އިރުޝާދު ދިނުމަކީވެސް މިޑިޕާޓްމަންޓްގެ މަސްއޫލިއްޔަތެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ޖުވެނައިލް އޮފެންސަސް ޑިޕާޓްމަންޓަކީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ތަހުޤީޤު ކުރުމާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެކުދިންނަށް ކައުންސިލިންގ ހޯދައި ދިނުމާއި ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑްރަންއަށް ކުދިން ފޮނުވުމަށްޓަކައި ޖުވެނައިލް ޖަސްޓިސް ޔުނިޓާ ގުޅިގެން މަސައްކަތްކުރުމާއި އެފަދަ ކުދިންގެ ހާލަތު އެމުއައްސަސާތަކާ ގުޅިގެން ބަލައި މޮނީޓަރ ކުރުމާއި އަތޮޅުތަކުން ހުށަހެޅޭ އެޑިޕާޓްމަންޓާ ގުޅުންހުރި މައްސަލަތަކުގައި އިރުޝާދު ދިނުމުގެ ގޮތުން އުފައްދާފައިވާ ޑިޕާޓްމަންޓެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާޓްމަންޓަކީ ގެވެށި އަނިޔާގެ މައްސަލަތަކާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ޒިންމާ އޮތް ފަރާތްތަކުން އެމީހުންނާމެދު ކުރެވޭ އަނިޔާ އަދި އިހުމާލުގެ މައްސަލަތައް ބަލައި ތަހުޤީޤު ކުރުމާއި މިކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކޮށް، އަތޮޅުތަކުން ހުށަހެޅޭ ގުޅުންހުރި މައްސަލަތަކަށް އިރުޝާދުދިނުމަށް އުފައްދާފައިވާ ޑިޕަޓްމަންޓެކެވެ.
މީގެ އިތުރުންވެސް ޑިޕާޓުމަންޓުތަކަށް ބައެއް ބަދަލުގެނެސް ފުލުހުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ.