ޚަބަރު

މަރާމާތަށްފަހު ފައްވާރު އަލުން ހުޅުވައިފި


މިނިވަން ފަންސާހާއި
ގުޅިގެން ޖުމްހޫރީ މައިދާނުގައި ހުޅުވި ފައްވާރު މަރާމާތައްފަހު އަލުން ހުޅުވައިފިއެވެ.
މަރާމާތައްފަހު ފައްވާރުން އަލުން ހުޅުވާފައިވަނީ އިއްޔެ ހެނދުނުއެވެ. 

އެމްޓީސީސީން ބުނީ، ފައްވާރު މަރާމާތު ކުރަންޖެހުނީ، ކުޑަކުދިންނަށް އެތާ
އެތެރެއަށް އެރެވޭގޮތަށް ހަދާފައި ހުރުމުން، އެތެރޭގައި ހުރިި މޮނިއުމަންޓް ބަޔަށް
ކޮންމެސް ވަރެއްގެ ގެއްލުންތަކެއް ލިބިގެން މަރާތުކުރުމަށްކަމަށެވެ. ފައްވާރުގެ އެތެރޭގައި ބަހައްޓާފައި ހުރި މޮނިއުމަންޓް ބަޔަށް ކުޑަކުދިން
އެރޭތީ އެބައިގަ މިހާރު ވަނީ ރެއިލިންގް ޖަހާފައެވެ. މިނިވަން 50 ގެ މުނާސަބަތާއި
ގުޅިގެން ޖުމްހޫރީ މައިދާނުގައި އެމްޓީސީސީން ހެދި ފައްވާރު ރަސްމީކޮށް ހުޅުވާފައިވަނީ
މިދިޔަ މަހުގެ 23 ވަަނަ ދުވަހުއެވެ.

އެމްޓީސީސީ އިން ހަދާފައިވާ ފައްވާރުގެ ދިގު
މިނުގައި 28 މީޓަރު ހުންނައިރު ފުޅާ މިނުގައިވެސް 28 މީޓަރު ހުރެއެވެ.