ޚަބަރު

ރޭ އެއްވެސް ރަށަކަށް އުދައަރާފައެއްނުވޭ - ޑިޒާސްޓަރ


ރޭ އެއްވެސް ރަށަކަށް އުދައެރިކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސަތު ބޮޑުކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާއިން ރޭ ދަންވަރު އެއްގަޑި ތިރީހުގައި ވަނީ ވައިޓް އެލަރޓެއް ނެރެފައެވެ. އެ އެލަރޓްގައިވަނީ ދަންވަރު ދެ އަކުން ތިންގަޑި ތިރީހާއި ދެމެދުގެ ވަގުތުތަކުގައި ދެކުނުގެ އަތޮޅުތަކަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށެވެ. ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ އެއްވެސް ރަށަކަށް އުދައެރިތޯ ބެލުމަށްޓަކައި ރަށްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިއަދުވެސް ދެކުނުގެ އަތޮޅުތަކަށް ދިޔަ ވަރު ބޮޑުވާ ގަޑިތަކުގައި  އުދައެރުމުގެ ފުރަސަތު ބޮޑު ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.އަދި މެދު ރާއްޖެތެރެ އާއި ދެކުނު ގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.