ޚަބަރު

ރާއްޖެއިން ފެނުނީ އެމްއެޗް370ގެ ބައިތަކެއް ނޫން


ރާއްޖޭގެ ސަރަހައްދުން މިފަހުން ފެނިގެން ރިޕޯޓްކޮށްފައިވާ މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކަކީ ގެއްލިފައިވާ މެލޭޝިޔާ އެއަރލައިންސް އެމްއެޗް 370އާއި ގުޅުމެއްވާ ބައިތަކެއް ނޫން ކަމަށް މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެއެވެ.ރިޔޫނިއަންގެ އައްސޭރި ފަށަށް ލައްގާފައިވަނިކޮށް ފެނުނު މަތިންދާ ބޯޓެއްގެ ފިޔަގަނޑުގެ ބަޔަކީ ގެއްލިފައިވާ މެލޭޝިޔާ އެއަރލައިންސް އެމްއެޗް 370ގެ ބައިތަކެއްކަން ކަށަވަރުވުމާއެކު ރާއްޖެއިންވެސް އެބޯޓާއި ގުޅުން ހުރިކަމަށް ބެލެވޭ ބައެއް ރިޕޯޓްތަކެއް ކޮށްފައިވެއެވެ.މިކަމާއި ގުޅިގެން މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރ ލިއޯ ޓިއޯންގ ވިދާޅުވީ، މެލޭޝިޔާއިން ފޮނުވި ތަހުޤީގު ޓީމުން ރާއްޖެއިން ފެނުނު ތަކެތި ބަލާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ފެނިފައިވާ ގިނަ ތަކެއްޗަކީ އެމްއެޗް370ގެ ބައިތަކެއް ނޫން ކަމަށާއި އެތަކެއްޗަކީ މަތިންދާ ބޯޓެއްގެ ބައިތަކެއްވެސް ނޫން ކަމަށެވެ.ތަހުޤީގު ޓީމު އެނބުރިދާއިރު ރާއްޖެއިން ފެނުނު ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް އިތުރަށް ތަހުޤީގުކުރަން ގެންގޮސްފިނަމަ އެތަކެތި ބައިނަލްއަޤްވާމީ ތަހުޤީގު ޓީމާއި ހަވާލުކުރެވޭނެ ކަމަށްވެސް މެލޭޝިޔާއިން ބުނެއެވެ.އެމް.އެޗް.370 ގެއްލިފައިވަނީ 239 ފަސިންޖަރުންނާއި، ފަޅުވެރިންނާއިއެކު މެލޭޝިޔާއިން ފުރައިގެން ޗައިނާގެ ބެއިޖިންގަށް ދަތުރުކުރަމުންދަނިކޮށް މިދިޔަ އަހަރުގެ މާރޗް މަހުގެ އަށްވަނަ ދުވަހުއެވެ.