ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ހަވީރެއް ބާއްވައިފި


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން "އުފާވެރި ހަވީރު" ގެ ނަމުގައި ސިމްޑީ ގްރޫޕްގެ ފަރާތުން ޚާއްސަ ހަވީރެއް ބާއްވައިފިއެވެ.މިއަދު ބޭއްވި މިހަވީރުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ހާއްސަކޮށްގެން މިއަދު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދިޔަ މި ހަވީރުގައި އެކި ކުޅިވަރުތައް ބާއްވައިފައިވާއިރު އެ ހަރަކާތްތަކުގައި ބައިވެރިވި ހުރިހާ ކުދިންނަށްވަނީ މެޑަލްދީފައެވެ. މި މެޑަލްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.މިހަވީރުގައި އެކި ސްޓޯލްތައްހުރިއިރު އެތަންތަނުންވަނީ މި ހަވީރުގައި ބައިވެރިވި ކުދިންނަށްޓަކައި ޚާއްސަ ގިނަ ހަރަކާތްތަކެއްވެސް ބާއްވާފައެވެ.